އަހުމަދު މަސްނޫމް   18 ސެޕްޓެމްބަރު 2021 - 14:57
އަލްޖީރިއާގެ ކުރީގެ ރައީސް ޢަބްދުލްޢަޒީޒް ބޫތަފްލިކާ އަވަހާރަވެއްޖެއެވެ.

އަލްޖީރިއާގެ ކުރީގެ ރައީސް ޢަބްދުލްޢަޒީޒް ބޫތަފްލިކާ އަވަހާރަވިކަން އެޤައުމުގެ ރިޔާސީ ގަނޑުވަރުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އުމުރުފުޅުން 84 އަހަރު ޢަބްދުލްޢަޒީޒް ބޫތަފްލިކާ އަަވަހާރަވި ސަބަބެއް އަދި ނޭނގެއެވެ.



އުމުރުން 82 އަހަރުގެ ބޫތަފްލިކާ އަލްޖީރިއާގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވަނީ 1999 ވަނަ އަހަރުގައެވެ. 20 އަހަރު ވަންދެން އެޤައުމުގައި ވެރިކަން ކުރުމަށްފަހު އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ބޮޑުވެގެން އޭނާ މަޤާމުން އިސްތިއުފާ ދިނީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން