އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ސަމާލުކަން ނުދެވުމަކީ ހިތާމަ ހުރިކަމެއްކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ ޙާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންގެ މައްސަލައާއި ރާއްޖޭގައި އަންހެނުންނަށް ކުރާ އެކި ކަހަލަ އަނިޔާއާއި ފުރައްސާރައިގެ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ޝަހީދު ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ސަމާލުކަން ނުދެވޭކަމީ ހިތާމަހުރި ކަމެއްކަމަށެވެ. ޝަހީދު ވިދާޅުވީ ޤާނޫނުތައް އިސްލާހު ކުރަންޖެހޭކަމަށާއި އަދި ސިޔާސަތުތައް ހަރުދަނާކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން މަދަނީ ޖަމިއްޔާތައް ވަރުގަދަކޮށް، ވަސީލަތްތައް އިތުރުކުރަންޖެހޭކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
"އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ސަމާލުކަން ނުދެވޭކަމީ ވަރަށް ހިތާމަހުރި ކަމެއް. ޤާނޫނުތައް އިސްލާހު ކުރަންޖެހޭ. ސިޔާސަތުތައް ހަރުދަނާކުރަންޖެހޭ. މަދަނީ ޖަމިއްޔާތައް ވަރުގަދަކޮށް، ވަސީލަތްތައް އިތުރުކުރަންޖެހޭ" ޝަހީދު ވިދާޅުވިއެވެ.
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ސަމާލުކަން ނުދެވުމަކީ ހިތާމަ ހުރިކަމެއްކަމަށް ޝަހީދު ވިދާޅުވިއިރު، އިއްޔެވެސް ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކޮންޓްރޯލް ދައުލަތަށް ގެއްލިފައި އޮތްފަދަ މަންޒަރެއް ވަނީ ފެނިފައެވެ. އެތާނގައި ތިބި ކުދިން އެތަނުގެ ފުރާޅު މައްޗަށް އަރައި، ބޭނުންހާ ގޮތަކަށް އުޅުނުއިރު، އަލިފާނުގެ ހާދިސާއެއްވެސް އެތަނުގައި ހިނގިއެވެ.
މިކަމާއި ގުޅިޅިގެން ޖެންޑަރ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތި މަރުކަޒުގެ ބައެއް ކުދިންގެ ފަރާތުން "ފެންނަ ކަންތައްތަކާ ގުޅިގެން" އެ މިނިސްޓްރީއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމަކުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިހާރު ވެސް އެ ދެ އިދާރާގެ މުވައްޒަފުންގެ ޓީމެއް "ފިޔަވަތި" ގެ ކުދިންނާއި މުވައްޒަަފުންނާއެކު ހަރަކާތްތެރިވާ ކަމަށް ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެެވެ. ޖެންޑަރ މިނިސްޓްރީން ބުނީ އެ ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް އެކަންކުރަން ބާރުލިބި އިތުރަށް ކަންކަން ގޯސްވާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު