މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ގިނަ މައްސަލަތަކެއް ނިންމާފައިވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިކަން ހާމަކުރީ އެ ކޯޓުގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ކޯޓުގެ ގޮތުގައި އުފެދުނު ސުޕްރީމް ކޯޓަށް މިއަދު 13 އަހަރު ފުރިފައިވާ ކަމަށާއި މި ދުވަހުގެ މުނާސަބަތަކުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރާކަމަށް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް، މި ދާއިރާ ހަރުދަނާ ކުރުމަށް ސުޕްރީމް ކޯޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އަދިވެސް ކުރާންހުރި ކަންތައްތައް މަދު ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ ފާއިތުވެ ދިޔަ ދެ އަހަރަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް ބަދަލުތަކެއް ގެނުވި ދެ އަހަރުކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާއެކުވެސް، ސުޕްރީމް ކޯޓުގެ އަމާޒަކީ މެދުކެނޑުމެއް ނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުންކަމަށް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ބުނީ ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްތައް ހިންގުމުގެ ސިޔާސަތަކީ 2020 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުން އަމަލުކުރަމުން އަންނަ ސިޔާސަތެއްކަމަށެވެ. މިގޮތުން، 2020 ވަނަ އަހަރުގެ ފެބުރުވަރީ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިން ވަނީ ޢާންމުކުރަން ފަށާފައިކަމަށާއި އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ 02 ވަނަ ދުވަހު ފަށައި، މި ސިޔާސަތާއެކު ޝަރީޢަތުގެ މާލަމުގައި ބޭއްވޭ ޝަރީޢަތްތައްވެސް ލައިވް ސްޓްރީމް ކުރަން ފަށާފައިވާކަން ކޯޓުން ފާހަގަކުރެއެވެ.
ސުޕްރީމް ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު، އެކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެކެވެ. އެގޮތުން 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18 އިން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ޙުކުމްކޮށްފައިވެއެވެ. މިއީ، އޭގެ ކުރީ އަހަރު ޙުކުމްކުރި އަދަދަށްވުރެ 29 އިންސައްތައިގެ ކުރިއެރުމެކެވެ.
ފާއިތުވެގެން މިދިޔަ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުޢީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަނަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން ކޭސް ރިޕޯޓަރ އެޕްލިކޭޝަނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށި ޚާއްޞަ ޕްރޮޖެކްޓެވެ. މި އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްޤީކުރެވިގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަމާއެކު ކޮށް ނިންމާލެވުނު މަސައްކަތެއްކަން ސުޕްރީމްކޯޓުން ފާހަގަކުރެއެވެ.
ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައި ސުޕްރީމް ކޯޓުގެ އަމާޒަކީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް، އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާކުރުންކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު