ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ނުލިބެނީސް ކެމްބޯޑިއާގައި އުމުރުން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭންފަށައިފިއެވެ.

މިކެމްޕޭނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، އުމުރުން ހަގު ކުދިންނަށް ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ. އަދި މިފަދަ ވެކްސިން ކެމްޕޭނެއް ކުޑަކުދިންނަށް ޚާއްސަކޮށް ފެށުމަކީ ކުޑަކުދިން ރައްކާތެރިކޮށް ބޭތިއްބުމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ފާހަގަކޮށްފައިވެއެވެ.

ކެމްބޯޑިއާގައި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ އިތުރުން، ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޝޮޓެއް ނުވަތަ ތިންވަނަ ޑޯޒް ދިނުމަށްވެސް ވަނީ ފަށާފައެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒެއް، އަދި ކުޑަކުދިންނަށް ވެކްސިން ދިނުން އިސްކުރުމުގެ ކުރިން، ކުދި އަދި މެދު ފަންތީގެ ގައުމުތަކަށާއި، ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން އިސްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނަށް ވެކްސިން ދިނުމުގައި އަދި ހުއްދަދީފައިވަނީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން