އަހުމަދު މަސްނޫމް   18 ސެޕްޓެމްބަރު 2021 - 17:18
އިޓަލީގައި ދިވެއްސަކު މަރާލިކަމަށް ބުނާ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން އިޓަލީގައި އިއްޔެ މަރުވެފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ މަހުމޫދު އިމާދުނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އިޓަލީ މީހަކާ ކައިވެނިކޮށްގެން އިޓަލީގައި ދިރިއުޅެމުންދާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރާލިއިރު، އޭނާގެ އަންހެނުންނާއި، ބަފައިބެ ހުރީ ނޮޅިވަރަންފަރުގައިކަމަށްވެއެވެ.

ބައެއް ހަބަރުތައް ބުނާގޮތުން މަހުމޫދު އިމާދު ފެނުނީ ދަންޖެހިފައި ހުއްޓައެވެ. ނަމަވެސް އޭނާ މަރާލީ އެކިވަރުގެ އަނިޔާކޮށް، ދަންޖައްސައިގެން ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިމާދުގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު