ހުޅުމާލޭ ފިޔަވަތި
ހުޅުމާލޭ ފިޔަވަތި
ހުޅުމާލޭ ފިޔަވަތީގައި އިއްޔެ ހިނގި ޙާދިސާތަކާ ގުޅިގެން ދަޢުލަތުގެ އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ޙާޟިރު ކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބުނެފިއެވެ.

ފިޔަވަތީގައި އިއްޔެ އިރުއޮއްސުނީއްސުރެ މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު ރޭ ވަނީ އެތަނުގައި އަލިފާން ވެސް ރޯކޮށްލާފައެވެ. ފިޔަވަތީ ގައި ރޭ ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

މިކަންތައްތަކާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީން ވަނީ ހޯމަ ދުވަހު ބާއްވާ އެ ކޮމިޓީގެ ޖަލްސާއަށް ކަމާބެހޭ އިދާރާތައް ހާޒިރުކޮށް މިކަމުގައި ކަންކަން ސާފުކުރުމަށް ނިންމާފައެވެ. މިބައްދަލުވުމަށް ޖެންޑާ މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ޗިލްޑްރަން އޮމްބަޑްސްޕާސަން އެ ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާއި ގުޅިގެން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ މައްސަލަ އެ އޮފީހުން މޮނިޓަރކުރަމުން ގެންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް އިދާރާއަކުން އަދި އާންމު ފަރާތްތަކުންވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ އާންމު ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.



ފިޔަވަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ، ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާ، ވީޑިއޯކުރުމާ، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ކުދިން ބަލައި އަޅާލާނެ ބެލެނިވެރިން ނުވަތަ މައިންބަފައިން ނެތް ކުދިންގެ ތެރެއިން ދައުލަތުން ބަލަހައްޓާ އެކި އުމުރުފުރައިގެ ކުދިން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒެކެވެ. އެފަދަ މަރުކަޒު ތަކަކީ އެކި މިޒާޖުގެ އެކި ހާލަތްތައް ދިމާވެފައިވާ ކުދިން ތިބޭ ތަނަކަށްވާއިރު އެތަނުގައި ތިބޭ އެކި މިޒާޖުގެ ކުދިން ތަރުބިއްޔަތުކޮށް މުޖުތަމަޣަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ނެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކުރަމުން ގެންދާ މަސައްކަތް ތަކުގައި އެކުދިންގެ ފަރާތުން މިފަދަ ނޭއްގާނީ އަމަލުތައް ފެނުމަކީ ނުވެ ނުދާނެ ކަމެއްކަމުގައި ތަޖުރިބަކާރުންވެސް ވިދާޅުވެއެވެ.

ނަމަވެސް މިފަހަކަށް އައިސް އެފަދަ ކަންކަމުގެ ތެރެއަށް އާންމު ބައެއް ފަރުދުން ވަދެ، އެކަންކަމުގައި ސިޔާސީ ކުލަޖައްސައި، މައްސަލަ ބޮޑުކޮށް، ވަކި ބަޔަކަށް އިނގިލި ދިއްކުރުމަކީ މާމޮޅު ކަމަކަށް ހަދައިގެން މީސްމިޑިއާއާއި މީޑިއާތައް ބޭނުން ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން