އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އުފަންދުވަހުގެ ހަދިޔާއަކަށް އިންޑިއާގެ ރައްޔިތުންނަށް ރިކޯޑް އަދަދަކަށް ކޮވިޑް ވެކްސިން ދީފިއެވެ.

މިގޮތުން އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ހުކުރު ދުވަހު ކޮވިޑް ވެކްސިނުގެ 25 މިލިއަން ޑޯޒު ޖަހާފައިވާކަމަށް ހާމަކޮށްފައެވެ. އަދި ގިނަ ބަޔަކު ވެކްސިން ޖެހުމުގައި ބައިވެރިވެފައިވަނީ ބޮޑުވަޒީރު މޯދީގެ އުފަންދުވަހުގެ އިތުރުން އިންޑިއާ ސަރުކާރުގައި މޯދީ ހޭދަކޮށްފައިވާ 20 އަހަރު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

މިކާމިޔާބީ ފާހަގަކޮށް އިންޑިއާގެ ފެޑަރަލް ހެލްތު މިނިސްޓަރ ވަނީ ބޮޑުވަޒީރު މޯދީގެ އުފަންދުވަސް ފާހަގަކުރުމަށް މިއަށްވުރެ ރަނގަޅުކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

އިންޑިއާގައި 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މިބަލީގައި 400،000 އަށްވުރެއް ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން އިންޑިއާގައި މިހާތަނަށް 793 މިލިއަން މީހުން ވެކްސިން ޖަހައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން