ޒަހީނުއްދީން ސަޢީދު   18 ސެޕްޓެމްބަރު 2021 - 22:52
އަރިކޮޅު ސްޕޯޓްސް ކުލަބުން އިންތިޒާމުކުރާ މަދަޙަ މުބާރާތެއް އަންނަ އޮކުޓޫބަރު މަހުގެ 17 ވަނަ ދުވަހު ފެށުމަށް ނިއްމައިފިއެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަރިކޮޅު ސްޕޯޓްސް ކުލަބްގެ ރައީސް އަބުދުﷲ ހަފީޒް ވިދާޅުވީ "އިންސާނާ" ގެ ނަމުގައި ކުރިއަށް ގެންދާ މަދަހަ މުބާރާތަކީ އޭއެސްސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ރާވައި މާވަށު ސްކޫލާ ކައުންސިލު ގުޅިގެން ބާއްވާ މުބާރާތެއް ކަމަށެވެ.

"މި މުބާރާތުގެ މަޤްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންތައްތަކަށް ޝައުޤުވެރިކުރުވުން. އަދި ދަރިވަރުންގެ ހިތުގައި މަދަހަ ކިޔުމަށް ވެސް ޝައުޤުވެރި ކުރުވުން. މި މުބާރާތުގެ އެންމެހާ ޚަރަދުތަކެއް ބަލަހައްޓާނީ އަކިރިކޮޅު ސްޕޯޓްސް ކްލަބުން." އޭނާ ވިދާޅުވިއެވެ.

މި މަދަޙަ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 80 ދަރިވަރަކު ވަނީ ނަން ނޯޓްކޮށްފައެވެ. މަދަހަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މާވަށު ސުކޫލުގެ ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ދަރިވަރުން ފަސް ކީ ސްޓޭޖަކުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1، ކީ ސްޓޭޖް 2 ކީ ސްޓޭޖް 3،4 އެއްކޮށް ފައިނަލް ބުރާއި ކީސް ސްޓޭޖްގެ ބެލެނިވެރިންގެ ގުރޫޕްވެސް ހިމެނެއެވެ.

މި މުބާރާތުގައި މުޅި މުބާރާތުން އެންމެ މޮޅު 3 ދަރިވަރުންނާއި ކޮންމެ ކީ ސްޓޭޖަކުން އެންމެ މޮޅު 3 ދަރިވަރުންނާއި ގަދަ 8 ކިއުންތެރިން ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ދިވެހި އަރަބި އަދި އިނގިރޭސި މަދަހަވެސް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



ފައިނަލް ބުރު ފިޔަވައި މުބާރާތުގެ ކޮންމެ ދަރިވަރަކަށް ވެސް ހުށައެޅޭނީ އެންމެ މަދަހަ އެއް ކަމަށް މުބާރަތް ރާވާ އިންތިޒާމް ކުރާ އަރިކޮޅު ސްޕޯޓްސް ކުލަބުން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން