ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލައެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގަތީ ހައި ކޯޓުގެ އިދާރީ މުވައްޒަަފަކަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ފޯނުން ކުރި މެސެޖުތަކެއް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސޯޝަލް މީޑިއާގައި ލީކުކޮށްލިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޝުޖާއު އުސްމާން ވަނީ ނާޒިމް ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ނާޒިމް ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު ހޯދަން މެސެޖުކޮށް އަދި ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖުކޮށްފައިވާކަން ފެންނަ ސްކްރީން ޝޮޓެއް ހާމަކުރައްވާފައެވެ.

ޝުޖާއު އުސްމާން ވިދާޅުވީ ހައިކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭފުޅަކީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ކަމަށެވެ. ނާޒިމް އަމުރު ކުރައްވަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއް ފަނޑިޔާރުން ބެންޗުގައި ނުހިމަނަން ކަމަށާއި ކޯޓުން އަމަލު ކުރަނީ ވެސް އެގޮތަށް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނީ ނިޒާމްގެ ތެރެއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ކުރުން އެއީ ގާނޫނީ ވަކީލެއްގެ ޒިންމާއެއް ކަމަށެވެ. އަދި މައްސަލަ ބައްލަވާ ބެންޗް ބަދަލު ކުރަން އެދުނީ އަބަދު އެއްފަނޑިޔާރަކާއި މައްސަލަ ހަވާލުކުރާތީކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން