އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނީ ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެކަން ކުއްވެރިކޮށް ނެރުނު ބަޔާނެއްގައެެވެ. އެކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެންބަރުންނާއި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއެކު ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ އިހުތިޖާޖަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުގެ ގައިރު ޤާނޫނީ އަމުރަށް ތަބާވެ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އިޙްތިޖާޖުގެ ބައިވެރިންނަށް އެކިވަރުގެ އެނިޔާ ލިބިފައިވާކަމަށެވެ.
އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން ފައި ފަޅައިގެން ދިއުމުގެ އިތުރުން އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އެއްވެސް ބަލާލުމެއް ނެތި އިހުތިޖާޖުގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖަހާ ސުލްހަވެރިކަމާއެކު އިހުތިޖާޖުގައި ބައިވެރިވެފައިވާ އެތައް ރައްޔިތުންނެއް ހައްޔަރުކޮށްފައިވާކަންވެސް ފާހަގަ ކުރަމެވެ." އެ ކޯލިޝަނުގެ ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެ އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް، ހުރަސް އަޅާ ބައެއް ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަ ސްޕްރޭ ޖެހުމުގެ އިތުރުން ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށެވެ. އަދި ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިންނަށާއި އިހުތިޖާޖު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ދީފައިވާ އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބަޔާނުގައިވެއެވެ.
އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤަށް ސަރުކާރުން އަރައިގަނެ ހިންގަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ހިއުމަންރައިޓްސް ކޮމިޝަން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ދައުލަތުގެ މުއައްސަސާތަކުން މިކަންކަން ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު މިނިވަން މީޑިއާގެ ހައްގުތަކަށް ސަރުކާރުން އަރައިގަނެ، މީޑިއާތަކަށް ހުރަސް އަޅާ ނޫސްވެރިންނަށް ދެމުން ގެންދާ އަނިޔާތައް ބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލައި، އެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ދިވެހި ރައްޔިތުން އެއްވެސް ޝަރުތަކާނުލާ މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ފިޔަވަތި މައްސަލައިގައި އިދިކޮޅުން ކުރި މުޒާހަރާ ރޫލާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާ ކަވަރު ކުރަމުންދިޔަ ބައެެއް ނޫސްވެރިންނަށް ވެސް ވަނީ އަނިޔާވެފައެވެ. މިކަން ބަޅާނެ ކަމަށް މީޑިއާ ކައުންސިލުން ރޭ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު