އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ސިވިލް ސަރވެންޓުންގެ ތެރޭގައި ހިމެނޭ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިހެން ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން އިހުތިޖާޖުކޮށް، ކަންބޮޑުވުންފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މުސާރާއިގެ މައްސަލާއިގައި ސަރުކާރުން ބުނީ ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް އޮތީ ނިމުމުގެ އެންމެ ފަހުގެ މަރުޙަލާގައިކަމަށާއި މި ފްރޭމްވޯކްގެ މަސައްކަތް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިއަހަރު ނިންމާ އަންނަ އަހަރު ޢަމަލުކުރަންފެށުންކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ސަރުކާރުން ބުނީ މި ފްރޭމްވޯކްއާއެކު ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި މިހާރު ފެންނަ މުސާރާއިގެ ފަރަގުތަކާއި އެކި ފަންނުތަކުގެ މެދުގައި އޮތް މުސާރައިގެ ފަރަގުވެސް ނައްތާލެވޭނެކަމަށެވެ. އަދި މިފްރޭމްވޯކްގެ ދަށުން ކޮންމެ ފަންނަކަށްވެސް އެފަންނަކާއި އެކަށީގެންވާ ގޮތެއްގައި މުސާރައާއި ޢިނާޔަތްތައް ބަޔާންކޮށްފައި އޮންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ސިވިލް ސަރވިސް މުވައްޒަފުން ސަރުކާރަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިން އެލަވަންސް ލިބުމާއި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމެވެ.
މުސާރައިގެ މައްސަލައިގައި ސިވިލް ސަރވިސް މުވައްޒަފުން އިހުތިޖާޖުކުރަމުންދާއިރު، މީގެ ދުވަސްކޮޅެއް ކުރިން ގައުމީ އެއަރލައިންގެ ޕައިލެޓުން ވެސް ވަނީ މުސާރައިގެ މައްސަލައިގައި އިހުތިޖާޖުކޮށްފައެވެ. އެމައްސަލަ ހައްލުވީ ރައީސް ސާލިހު ޕައިލެޓުންނާއި ވާހަކަދައްކަވައިގެންނެވެ. އެންމެ ފަހުން ރައީސަށް މުސާރައިގެ މައްސަލައިގައި ޕެޓިޝަނެއް ހުށައެޅީ ސިއްހީ ދާއިރާގެ މުވައްޒަފުންނެވެ. އެކަމަށްވެސް ރައީސް ވަނީ ޖަވާބު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު