ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް ވީ އެންމެ އަވަހަކަށް ބޮޑުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރަށް ގޮވާލައިފިއެވެ.
މެމްބަރުން މިކަމަށް ގޮވާލެއްވީ ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްތްދޫ ދައިރާގެ މެމްބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
ހަލީމް ހުށަހެޅުއްވި މިމައްސަލާގައި، ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބެމުންދާ އުޖޫރައަކީ އެ މުވައްޒަފުން ހުއްޓުމެއްނެތި ދެމުންދާ ހިދުމަތާއި އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނޫންކަމަށް ވިދާޅުވެ ސިވިސް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ އުޖޫރަ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ލަސްނުކޮށް ނިންމުމަށް ގޮވާލާފައި ވެއެވެ.
މިމައްސަލާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ނުލިބޭ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް މަޖިލީހުން މަސައްކަތްކުރަންޖެހޭކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
ސަރުކާރަށް ތާއީދުކުރައްވާމެމްބަރުން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންމުންދަނީ ސިވިލް ސާވަންޓުންގެ މުސާރަ ހައްލު ކުރުމަށްޓަކައި، މިނިވަން ވޭޖް ކަނޑައެޅުމަށް ކަމަށާއި، މިއަހަރުގެ ތެރޭގައި އެކަމަށް ހައްލު އަންނާނެކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. އަދި ފާއިތުވީ އެއްވެސް ސަރުކާރަކުން ސިވިލް ސާވަންޓުންގެ ހައްގުގައި މަސައްކަތް ނުކުރާކަމަށާއި ނަމަވެސް މިސަރުކާރުން މިއަހަރުގެ ތެރޭގައި އެކަމަށް ހައްލު ގެނެސްދޭނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
ސިވިލް ސަރވިސް މުސާރައިގެ މައްސަލަ ބޮޑުވެފައިވާއިރު، އިއްޔެ ސިވިލް ސަރވިސް މުވައްޒަފުން ވަނީ ހިމޭން އިހުތިޖާޖެއްވެސް ކުރިއަށްގެންގޮސްފައެވެ.
ސިވިލް ސަރވަންޓުންގެ މުސާރައިގެ މައްސަލައިގައި ސަރުކާރުން ބުނީ ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަ ޕޭ ފްރޭމްވޯކް ނިމި ތަންފީޒުކުރަން ފެށުމާއެކު ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ މުސާރައިންވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު