ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގެ ދަށުން ލޯކަލް ކައުންސިލްތައް މައިކްރޯސޮފްޓް 365 އަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގައި މި ނިޒާމު ބޭނުންކުރަން ފަށައިފިއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ މައިކްރޯސޮޕްޓް އޮފީސް 365 ގެ ޚިދުމަތް ރޯލްއައުޓް ކުރުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރު އޮފީސްތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ. މިގޮތުން މައިކްރޯސޮޕްޓް އޮފީސް 365 އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް ކަމަށާއި އެއަށްފަހު ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.
މިކަމަށްޓަކައި ހިންގާ މަޝްރޫއުގެ ދަށުން މުޅިއެކު 20،000 ސަރުކާރު މުވައްޒަފުން، (4،200 ކައުންސިލަރުން ހިމެނޭ ގޮތަށް) މައިކްރޯސޮފްޓް 365 އަށް ބަދަލުކުރެވި އަދި ބޭނުންކުރަން ދަސްކޮށްދެވޭނެއެވެ.
މައިކްރޯސޮފްޓް 365 ފަދަ މުހިއްމު ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުން ދައްކުވައިދެނީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އާންމުންނަށް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އިސްކަމާއި ސަމާލުކަމާއި އަހުމިއްޔަތުކަމެވެ.
މައިކްރޯސޮފްޓް 365 އަކީ ސަރުކާރުގެ ޑިޖިޓަލް އޭޖެންޑާގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރުދޮށުގައި ކިއުގައި ނުޖެހި ސަރުކާރާއި ސަރުކާރުގެ އޮފީސްތަކުން ދޭ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތަށް ކުޅުދުއްފުށީ ސިޓީ މޭޔަރ އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.
މައިކްރޯސޮފްޓް އޮފީސް 365 ކުޅުދުއްފުށި ސިޓީ ކައުންސިލަށް ރޯލްއައުޓް ކުރުމުގެ ތެރެއިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ސިޓީ ކައުންސިލްގެ ތަސައްވުރެއްކަމުގައިވާ ސްމާޓް ސިޓީ ކައުންސިލަކަށް ކުޅުދުއްފުށި ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން ކަންކަން އޮޅުންފިލުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު