އަހުމަދު މަސްނޫމް   20 ސެޕްޓެމްބަރު 2021 - 18:11
ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ދައުވާކުރަނީ ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު، ހައުސިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާއެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނާ މައްސަަލައިިގައެވެ.

މިމައްސަލާގައި ބާއްވަން މިއަދު ހަމަޖެއްސި އަޑުއެހުން ފަސްކުރީ މުއިއްޒުގެ ވަކީލުންގެ ގޮތުގައި ތިއްބަވާ ބައެއް ވަކީލުން ރައީސް ޔާމީންގެ މައްސަލާގައިވެސް ވަކާލާތު ކުރައްވާތީ ޝަރީއަތަށް ވަޑައިގެންނެވެން ނެތުމުންނެވެ.

ނޫމަޑިއާއެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު މަޝްވަރާ ކުރުމަށްފަހު 55 މިލިއަން ޑޮލަރުގެ ބަދަލެއް އެ ކުންފުންޏަށް ދޭން އެއްބަސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު