ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންތައްތަކެއްގެ ވާހަކަތަކެއް ދެއްކެވުމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
އިނގިރޭސިވިލާތުގައި މިހާރު ހުންނެވި އަލީ ވަހީދު މިއަދު ވިދާޅުވީ މިރޭ ރާއްޖެ ގަޑިން 9:00 ޖަހާއިރު ނިއުސް ކޮންފަރެންސެއް ބާއްވަން ނިންމާފައިވާކަމަށެވެ. އަދި މިރޭގެ ނިއުސް ކޮންފަރެންސްގައި އޭނާ ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅުގެ ވާހަކަ ދައްކަވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމާފައިވާއިރު، ހުސްވި މަހުގެ 25 ވަނަ ދުވަހުވެސް އަލީ ވަހީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެދުވަހު އޭނާވަނީ ވީޒާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަލީ ވަހީދު މީގެކުރިން ވިދާޅުވެފައި ވަނީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނޭކަމަށާއި ދައްކަން އުޅުނު ވާހަކަތައް ދައްކާނެކަމަށެވެ.
އަލީ ވަހީދު ރާއްޖެ ދޫކޮށް ވަޑައިގެންނެވީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ކޯޓުގައި ހިނގަމުން ދަނިކޮށް ޕީޖީގެ އެހީއާއެކު ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުންނެވެ.

އިރާދަފުޅުން މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އަޅުގަނޑު ނިއުސް ކޮންފަރެންސެއް ބާއްވާނަން. މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕީޖީއާ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ
— Ali Waheed (@ali20waheed) September 20, 2021
އަލީ ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމާފައިވާއިރު، ހުސްވި މަހުގެ 25 ވަނަ ދުވަހުވެސް އަލީ ވަހީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެދުވަހު އޭނާވަނީ ވީޒާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަލީ ވަހީދު މީގެކުރިން ވިދާޅުވެފައި ވަނީ ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނޭކަމަށާއި ދައްކަން އުޅުނު ވާހަކަތައް ދައްކާނެކަމަށެވެ.
އަލީ ވަހީދު ރާއްޖެ ދޫކޮށް ވަޑައިގެންނެވީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ކޯޓުގައި ހިނގަމުން ދަނިކޮށް ޕީޖީގެ އެހީއާއެކު ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު