ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ނުފޫޒު ފޯރުވާކަން ހާމަވަމުންވެސް އޭނާގެ މައްސަލަ ހައިކޯޓުން އިސްވެ ބާ ކައުންސިލަށް ހުށަނާޅާތީ ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ސުވާލު އުފައްދަވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބް ވިދާޅުވީ، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ކުރެއްވި ޓުވީޓަކާއި ގުޅިގެން އޭނާގެ މައްސަލަ ބާ ކައުންސިލަށް ހުށައަޅާފައިވާ ކަމަށެވެ. ހައިކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް ނާޒިމްސައްތާރު ނުފޫޒު ފޯރުވިކަން އޭނާގެ އިޢުތިރާފާއެކު ހާމަވުމުން ވެސް އެމައްސަލަ ބާކައުންސިލަށްހުށަނާޅާ ހައިކޯޓު ހިމޭނުން އޮތީ ހައިކޯޓު ނުފޫޒުގައި އޮތުމުންތޯ ނަޖީބް ވަނީ ސުވާލު ކުރައްވާފައެވެ.



މިދިޔަ ހަފުތާގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ނާޒިމް ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު ހޯދަން މެސެޖުކޮށް އަދި ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖުކޮށްފައިވާކަން ފެންނަ ސްކްރީން ޝޮޓެއް ހާމަކުރައްވާފައެވެ. މިކަމާއި ގުޅިގެން ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ ގާނޫނީ ނިޒާމްގެ ތެރެއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ކުރުން އެއީ ގާނޫނީ ވަކީލެއްގެ ޒިންމާއެއް ކަމަށެވެ. އަދި މައްސަލަ ބައްލަވާ ބެންޗް ބަދަލު ކުރަން އެދުނީ އަބަދު އެއްފަނޑިޔާރަކާއި މައްސަލަ ހަވާލުކުރާތީކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލައެއް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ. މިމައްސަލަ ހުށަހަޅާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ހައި ކޯޓުގެ އިދާރީ މުވައްޒަަފަކަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ފޯނުން ކުރި މެސެޖުތަކެއް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސޯޝަލް މީޑިއާގައި ލީކުކޮށްލިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް ނާޒިމް ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން