މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ރައީސް ޔާމީން ޖަލަށް ލުމަށް ނޫންކަމަށާ އެމަނިކުފާނު ޖަލަށް ލީ އިދިކޮޅު ކޯލިޝަނުން މާބޮޑެތި ޖަލްސާތަކެއް ބޭއްވެވުމުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ރައީސް ޔާމީން ޖަލަށް ލުމަށް ނޫން ކަމަށެވެ. އެހެން ނަމަވެސް ކާނިވާ ސަރަހައްދުގައި ތިން ޖަލްސާއެއް ބޭއްވިތަނާ ރައީސް ޔާމީން ޖަލަށް ލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެެ.

"އާންމު ރައްޔިތުންގެ ސަޕޯޓް ލިބުމަކީ ކުށަކަށް ވާނަމަ ވަރަށް ގިނަ މީހުން ޖަލަށް ލާންޖެހޭނެ. ރައީސް ޔާމިންގެ މައްޗަށް އުންސުރު ކީއްކުރަން ފަންސުރު ހަމަކޮށްގެން ކުރެވޭނެ އެއްވެސް ޝަރީއަތެއް ނޯއްނާނެ. އެވާހަކަ ދެއްކީ އަޅުގަނޑުމެން އަޅުގަނޑު ދެ އަތުން ތިޔަ ފޯނާ ލެޕްޓޮޕާ ގެންގޮސްދިނީ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމިން މިރެއިން މިރެއަށް މިނިވަން ކުރުމަށް އަލީ ވަހީދު ވަނީ ގޮވާލައްވާފައެެވެ. އަލީ ވަހީދު ވިދާޅުވީ ގޮތުގައި ސްޕްރީމް ކޯޓުން ކޮންމެ ދުވަހަކު ހަގަޑިއިރު ޝަރީއަތް ކުރުމުގެ ނަމުގައި ބާއްވަނީ ބޮޑު ޝޯއެއް ކަމަށެވެ. ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އަލީ ވަހީދު މިރޭ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން