ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންޕަރެންސްގައި އެ ޕާޓީގެ ރަައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ ވިދާޅުވެއްޖެއެެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަވަމުން ގެންދަވަނިކޮށެވެ. އެ ބައްދަލުވުމުގައި އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޑރ. މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންޕަރެންސްގައި އެ ޕާޓީގެ ރަައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިހާބު ބާއްވާއިރު ޕާޓީގެ 'ރައީސް' ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން.،" ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރުކަން ކުރެއްވި ޑރ. މައުސޫމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު