އިންޓަނެޓްގެ ހިދުމަތް ލިބުމުގައި މިހާރު އޮތް ފަރަގު ކުޑަކުރުމަކީ އިގުތިސާދީ ބޮޑުކުރިއެރުމަކަށް ވެދޭ އެހީތެރި ކަމަކަށް ވާނެ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޔޫއެން ބްރޯޑްބޭންޑް ކޮމިޝަނުގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އިންޓަނެޓްގެ ހިދުމަތް ލިބުމުގައި މިހާރު އޮތް ނަހަމަކަން ކުޑަކުރުމަކީ، މަސައްކަތް ކޮށްފި ނަމަ ކުރެވޭނެ ކަމެއް ކަމަށެވެ. އެ މަސައްކަތް ކޮށްފި ނަމަ އެ އެހީތެރިވެވެނީ އެތައް ބިލިޔަން މީހުންނަށް އެމީހުންގެ އަސާސީ ހައްގުތަކަށް ވާސިލުވާން އެހީތެރިވުން އެކަނި ނޫން ކަމަށާއި، އެއީ އިގުތިސާދީ ބޮޑުކުރިއެރުމަކަށް ވެދޭ އެހީތެރި ކަމަކަށް ވެސް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެެވެ.
ޝާހިދު ވިދާޅުވީ އެކަމަކީ ވިޔަފާރިވެރިން އުފައްދައި، ވިޔަފާރިކުރުން ފަސޭހަކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ. އިންޓަނެޓްގެ ހިދުމަތް އެންމެނަށް ލިބޭ މިންވަރު ރަނގަޅުކުރަން މިހާރަށް ވުރެ ރަނގަޅަށް ގައުމުތަކަށް މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ ކަމަކީ ސަރުކާރުތަކާއި ވިޔަފާރިތައް ގުޅިގެން އެ ދާއިރާއިން ކުރާ މަސައްކަތް މިހާރަށްވުރެ ވަރުގަދަ ކުރުން ކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
"ރަނގަޅަށް އޮންލައިން އެކްސެސް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް ދެގުނަ ކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީއަށް ވާސިލުނުވެވި ދުނިޔޭގެ އެތައް ބިލިޔަން މީހުންނެއް މިހާރު ވެސް އެބަތިބި ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ސިއްހީ ހިދުމަތާއި ތައުލީމާއި އިގުތިސާދީ ކުރިއެރުމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ. އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދުނިޔޭގެ އާބާދީގެ މެދުގައި ނަހަމަކަން އޮތް އިރު، އެ ތަފާތު އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު