މޫސުމީ ގެއްލުންތަކަށް ހައްލު ގެނައުމަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ އެޖެންޑާގައި ހިމަނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ ސްޓޭޓް ލީޑަރުންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށާއި، މި ކަމަށް ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ފިނި ހޫނުމިން 1.5 ޑިގްރީސެލްސިއަސްގައި ބެހެއްޓުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ސާލިޙު ވަނީ ގޮވާލައްވާފައެވެ.
އެހެން ނޫންނަމަ ޕެރިސް އެގްރީމެންޓާމެދުވެސް ސުވާލު އުފެދޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ޞާލިޙް ވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަން އިއުލާން ކުރައްވާފައެވެ. އަދި ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ތިމާވެށީގެ ގޮންޖެހުންތަކުން ކުދި ގައުމުތައް ސަލާމަތް ކުރެވޭނީ ބޮޑެތި ގައުމުތަކުގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. އެހެންކަމުން ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތަށް އެހީވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
އދގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ތަގްރީރު ކުރައްވަން ވަނީ ނިއްމަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި، ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު