އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވެވަޑައިގެންނެވި ކަމަށް އަލީ ވަހީދު ތުހުމަތު ކުރަށްވާނަމަ ހުރިކަމަށްބުނާ ވީޑިއޯ އާންމުކުރުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފްލެޓްގައި ކަމަށެވެ.
އަލީ ވަހީދުގެ އެ ވާހަކަތަކާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އަދީބު އަތުން ރައީސް ސާލިހު 35 މިލިއަން ރުފިޔާ ނެންގެވި ވީޑިއޯ އާންމު ކުރުމަށް ގޮވާލައްވާފައެވެ. އަދި އެ ތުހުމަތަށް ރައީސް ސާލިޙު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހް ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ.
"މުހައްމަދު ރިޔާޒް ތަހްގީގުގައި އިސްކޮށް ހުރެގެން ބައެއް މީހުންގެ ބަޔާނުން އެބޭފުޅާ (ރައީސް ސޯލިހްގެ) ނަން ވެސް ވަނީ އުނިކޮށްފައި." އަލީ ވަހީދު ވިދާޅުވިއެވެ.
ރައީސް ސާލިޙު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކުރައްވައި ތަހުގީގުގައި އޭނާއާއި އެކަމާބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

Adeeb athun Rf35 million ahvure ginain faisaa @ibusolih nagaafaivaa kamah vidhaalhuvaairu eyge video aammu kurumah @ali20waheed ah govaalan. Kurin ves koffaivaa mi accusation akee qaumuge emme mathee maslahathaa gulhifaivaa kameh! @ibusolih javaabudhaaree vevadaigannavan jeheyne!
— Adam Shareef Umar (@Adamshareefz) September 20, 2021
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހް ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ.
"މުހައްމަދު ރިޔާޒް ތަހްގީގުގައި އިސްކޮށް ހުރެގެން ބައެއް މީހުންގެ ބަޔާނުން އެބޭފުޅާ (ރައީސް ސޯލިހްގެ) ނަން ވެސް ވަނީ އުނިކޮށްފައި." އަލީ ވަހީދު ވިދާޅުވިއެވެ.
ރައީސް ސާލިޙު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކުރައްވައި ތަހުގީގުގައި އޭނާއާއި އެކަމާބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު