މޯލްޑިވްސް މާލެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތް ކަމަށް ބުނެވެން އޮތީ އެކި ފަރާތްތަކުން ޖަހާފައިވާ ހިސާބުތަކުން އެގޮތަށް ދައްކާފައި އޮތީމައެވެ. ޖުމްލަކޮށް ބަލާނަމަ ސަރުކާރުގެ ތެރޭގައި އެއަށްވުރެވެސް ބޮޑެތި ޚިޔާނާތްތަކެއްވެސް ހިނގާފައި ހުރެދާނެއެވެ. އެކަމަކު މިހާތަނަށް ހިސާބުތައް ދައްކަނީ އެންމެ ބޮޑު ޚިޔާނަތީ އެ ޚިޔާނާތް ކަމަށެވެ.
މި ރާއްޖޭގެ އެފަދަ ތަހުގީގުތައް ކުރާ މިނިވަން މުއައްސަސާ ތަކުން ޖަހާ ހިސާބުން ބުނަނީ އެ ޚިޔާނާތުގެ ތެރެއިން 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށެވެ. މިޚިޔާނަތުގެ ވިއުގަ ވެސް ހަމަ އެހާމެ ފުޅާވެފައި ބިޔަވެފައި ފަލައެވެ. ޚިޔާނާތުގެ ތެރެއިން އަތުގައި ހޭކި ދަތުގައި ހޭކި މިހާރުވެސް ކަރުބުޑުގައި އެރަހަލައިލައި ތިބި މީހުންނާއި ބޭފުޅުން މަދެއް ނުވާނެއެވެ.
އެ ކިޔާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ބުނެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، މިހާރު މިހިނގާ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވާ ކަމަށްވެއެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމު ތަކުގައި ތިއްބެވި 7 ބޭފުޅަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުންގެ ވެސް އަތުގައި ހޭކިލާފައިވާ ކަމަށް ވެއެވެ. މިއީ ހަމަ ހިސާބު ކިތާބު ބަލަހައްޓާ ބޭފުޅުންނާއި ތަހުގީގު ކުރާ ފަރާތްތަކުގެ ހިސާބު ކުރުމެވެ.
މީގެކުރިން ބޮޑުކޮށް ބޭޒާރުވެގެން ގޮސްފައިވާ މިފަދަ އަނެއް ޚިޔާނާތަކީ ރައީސް މައުމޫން ދައުރުގައި މަސްވެރިކަން ތަރައްގީ ކުރަން އުފެއްދި ފިޝަރީޒް ޕްރޮޖެކްޓްސް އިމްލިމެންޓޭޝަން ޑިޕާރޓްމެންޓް، އެފްޕީއައިޑީ ކިޔާ އިދާރާއެއްގެ ތެރެއިން ކޮށްފައިވާ ނުވަތަ ކުރައްވާފައިވާ ބޮޑު ވައްކަމެއްގެ މައްސަލައެވެ. މިމައްސަލައަށް ވީ ގޮތެއް ބަލާން 2016 ވަނަ އަހަރު މަޖިލީހުގެ ތެރެއިން އެ މައުލޫމާތު ހޯދާލާން ވެގެން ލިޔުމުން ދެއްވީ ހައެއެްކަ ގަނޑު ޔައުމިއްޔާއެވެ. އޭގައި ހުރީ މެންބަރުން ވަރަށް އަބުއިކޮށް ދައްކަވާފައިވާ ވާހަކަ ތަކެކެވެ. އެތާކުވެސް އިތުރު މައުލޫމާތެއް ނެތް ކަމަށް އޭރުވަނީ ވިދާޅުވެފައެވެ. އެހެންވީމާ އެމައްސަލަ މިހާހިސާބުން ބާއްވާފައި އެމްއެމްޕީއާރްސީގެ ވާހަކައަށް ޖެހިލާނަމެވެ.
މިކިޔާ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ މިހާރު ވެފައި މިވަނީ މޫސުމީ ވައިރަހަކަށެވެ. ޑެންގީއާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދައިން އެމްއެމްޕީއާރްސީ ގެ ޚިޔާނާތަކީ މޫސުމީ ވައިރަހެކެވެ. އެޖެންޑާ އޮނަވިހީގެ ފުރިހަމަ ބާރުހިނގާ މިހާރު މިހިނގާ 19 ވަނަ މަޖިލީހަށް މެންބަރުން ވެދެ ވަޑައިގެން ވެސް ފުރަތަމަ ކުރައްވަން ފެއްޓެވީ އެ މަސައްކަތެވެ. މަޖިލީހުގެ ތަޅުމުން ކޮމިޓީއަކާއި ހިސާބަށް ގޮސް ފާޑަކަށް "ހަލުވަ ހަލުވާ ފައި" އެކުރި ކަމެއް ވަރަށް ގަދައަށް ކުރިކަމަށްވެއެވެ. އޭރުގައި ހުރި ޔާމީން ސަރުކާރުންލީ ޕީޖީ ކޮމިޓީއަށް ގެނައި ލިސްޓަކާއި އެކު ޕީޖީވެސް ގެއްލުނީއެވެ. މަޑުމަޑުން އެމައްސަލަވެސް އޮބުނީއެވެ. ދެން ކޮންމެވެސް ކަމަކާއި ގުޅުވައިގެން ދޭތެރެއަކުން ފާޑަކަށް އެކަން ހިލިނުގަންނަ ވާހައެއް ނޫނެވެ. ހިލިހިލިފައި ވޮޑެ ވޮޑެފައި، އެކި މޫސުމުގައި އަރާ އޮއްސެނީއެވެ.
އަނެއްކާ މިހިނގާ ނުރައްކާތެރި ރޯގާ ބަލިމަޑުކަމާއެކު ވެސް މިދެންނެވި އެމްއެމްޕީއާރްސީ ވައިރަސް ހިލިގެންފިއެވެ. ކޯވިޑް އޮނަވިހީގެ ރޯގާބަލިމަޑުކަމުގެ މައްޗަށް އަނެއްކާ މި ފާވީ އެއަށްވުރެ މާ ނުރައްކާތެރި ބަލިމަޑުކަމެއް ކަންވެސް ނޭނގެއެވެ. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކު އެވާހަކަ ދެއްކެވިތާ މާގިނަ ދުވަސް ތަކެއް ނުވެ ކުއްލިއަކަށް އަޅުގަނޑުމެންގެ ޕޮލިސް ކޮމިޝަނަރ އަށް ވެސް އެ ވައިރަހުގެ އަސަރު ކުރީކަންވެސް ނޭނގެއެވެ. ކުއްލިއަކަށް މިއަދު އޮންލައިންކޮށް ކޯވިޑް އޮނަވިއްސާ ގުޅޭ ގޮތަށް އެމައްސަލަ އިތުރު ހަރުފަތަކަށް ގެންދާން މަސައްކަތް ފައްޓަވާން މަޝްވަރާ ކުރައްވައިފިއެވެ. އެކުރެއްވި މަޝްވަރާއެއް އެކުރެއްވީ މީގެ ކުރިން އެފަދަ މަޝްވަރާއެއް އެއްގޮތަކަށްވެސް ނުކޮށް އޮތް ކޮމިޓީއަކާއިވެސް ކަންނޭގެއެވެ. ނޫނީ އަދި އެވިދާޅުވާ ބާރުމިނުގައި އެކަން ކުރައްވާން އެކޮމިޓީގައި މަޝްވަރާ ކުރައްވާފައިވެސް ނުވަނީ ކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް މިއޮތީ އެމްއެމްޕީއާރްސީގެ މޫސުމީ ރޯގާބަލިމަޑުކަން އަނެއްކާވެސް ފެތުރެން ފަށާފައެވެ. މިފަހަރު އެބުނާ ތަހުގީގެއް ދާނީ ކިހާ ފެންވަރެއްގައި ކަމެއް އަދި ގޮސް ޖެހި ހުއްޓޭނީ ކިހާ ހިސާބެއްގައި ކަމެއް ވެސް ނޭނގެއެވެ. ކޮންމެއަކަސް މިއަދު ކޯވިޑް އޮނަވިހީގެ ސްޓައިލަށް ސީޕީ ބޭއްވެވީ ވަރަށް ވެސް "ދޮންމޭވާ" ލިބިވަޑައިގެންނެވި މީޓިންއެކެވެ. ކުއްލިއަކަށް މިވީ ކިހިނަކުން ބާވައެވެ. އަނެއްކާ މިވާން އުޅެނީ ކިހިނެއްބާވައެވެ.
އެބުނާ މައްސަލައެއް ބަލާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އެ ޚިޔާނާތުގެ އެންމެ ބޮޑު މޭސްތިރި ކަމަށް ބުނާ "މިސްޓަރ ޑޮން" އާއި ސަރުކާރުން ޑީލް ވެސް ހަދައިފިއެވެ. ޑީލް ހަދައިގެން ލިޔުންތަކެއް ހޯދައިގެން އެބުނާ ލިސްޓެއްވެސް ހަދައިފިއެވެ. އެލިސްޓެއް އާންމު ވެސް ކުރިއެވެ. ލިސްޓް އާންމު ކުރުމުން މިސަރުކާރުގެ މަތިފަޑީގައި ތިއްބެވި ދެތިން ބޭފުޅަކު "ޒީރޯ ޓޮލަރެންސް" ވެސް ކުރިއެވެ. އެކަމަކު އެއަށްވުރެ ހަމަ އެންމެ ފިޔަވަޅެއް ކުރިއަށް އެޅިތަނެއްވެސް އަދި ނުފެނެއެވެ. ނުފޮރޮޅާ އެންމެ ގަލެއްވެސް ނުބައިންދާ، ހުރިހާ ގަލެއް ފުރޮޅާ ހުސްވިއިރު ސީޕީގެ އަތްޕުޅުގައި ހުރި އެއްޗެއް އަދި ހަމަ ނޭނގެއެވެ.
މިކަމެއް އަނެއްކާވެސް މި ހިނގައިގަތީ ސޯޝަން މީޑިއާގައި އެއުޅޭ "ފޭކް" ވިޑިއޯތަކާއި ފޮޓޯ ތަކުގެ ސަބަބަކުން ނޫން ބާވައޭވެސް ބައެއް މީހުން މިހާރު ސުވާލު އެބަކުރެއެވެ. ދެން މަބްރޫކް ވިދާޅުވާހެން ސޯޝަލް މީޑިއާގައި ކިޔާ އެއްޗެއްސަށް ޖަވާބުދާރީވެ އެކަމާ ވިސްނާން އެކަމުގެ ބަދަލު ހިފާން އުޅެން ވެއްޖެއްޔާ އެނޫންކަމެއް ކުރާނެ ވަގުތެއް ނުވާނެއެވެ. އެއީ ހަމަ މިހާރުގެ ކުދިންގެ މޮޅުކަމާއި ޒަމާނީ ޓެކްނޮލޮޖީގެ މޮޅުކަމެވެ. އެހެން ކިތަންމެ ވިޑިއޯއެއް، ފޮޓޯއެއް ވެސް "ހަދައިގެން" ނެރެފާނެއެވެ. އެކުދިން ހެދީމާ ހަމަ އެހާ ވައްތަރީ، އެކުދިން އެކަމަށް ހަމަ މާ މޮޅުވީމައެވެ.
މިފަދަ ކޮށި ވިސްނުންތަކާއި ބޭކާރު ކަންކަމާއި މެދު ނުވިސްނާ ގައުމީ ވިސްނުމެއްގައި ހަގީގަތުގައިވެސް އެމައްސަލަ ބަލައި އެފައިސާ ރައްޔިތުންނަށް ހޯދައިދޭން މަސައްކަތް ކޮށްގެން ނޫނީ އެމް އެމް އެމް ޕީ އާރް ސީގެ ފައިސާއެއްވެސް އަދި ގެއްލިފައިވަ އެހެން ފައިސާއެއްވެސް ނުހޯދޭނެއެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް އެކަމާއި މެދު އެތަޅަނީ އަދި ހަމަ ހުސް އަނގައެވެ. ދައްކަނީ ހުސް ސިޔާސީ ވާހަކައެވެ. އެކަން ކުރާން އުޅޭނަމަ އެއީ މޫސުމީ ނުރައްކާތެރި ވައިރަހަކަށް ނުހަދައި އެވައިރަހުގެ ދިފާއެއް ހޯދަން މަސައްކަތް ކުރައްވަން ވީނޫންތޯއެވެ؟ އެމައްސަލަ ބަލައި "ޒީރޯ ޓޮލަރެންސް" ރަނގަޅަށް އެކްޓިވޭޓް ކޮށްލަންވީ ނޫންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު