ދުނިޔެ މިހާރަށް ވުރެ ބޮޑަށް ގުޅިލާމެހިފައިވާ ޒަމާނެއް ނާންނަކަމަށް އދގެ 76 ވަނަ ސެޝަނުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އދގެ 76 ވަނަ ސެޝަނުގެ ބަހުސް ފަށްޓަވައިދެއްވަމުން މިދައުރުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އދ.އަކީ މެމްބަރު ގައުމުތަކުގެ ރައްޔިތުން އެދޭ ފަދަ ޖަމާއަތަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން މި އަށްވުރެ ކުރިއަރާފައިވާ ޒަމާނެއް ނާންނަ ކަމަށާއި އަދި ދުނިޔެ މިހާރަށް ވުރެ ބޮޑަށް ގުޅިލާމެހިފައިވާ ޒަމާނެއްވެސް ނާންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެއިތުރިން ކަންތައް ކުރާނެ ގޮތުގެ އިލްމާއި މުއްސަނދިކަން މިއަށްވުރެ ބޮޑު ޒަމާނެެއްވެސް ނާންނަކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ އދ އުފެދުނީ ދެވަނަ ބޮޑުހަނގުރާމައިގެ އަޅީގެ ތެރެއިން ކަމަށާއި އިންސާނީ ތާރީހުގައި ހިންގި އެންމެ ބޮޑެތި ޖަރީމާތަކަށް ފަހުކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހަތް ބިލިޔަން މީހުން ކުރާ އުއްމީދަކީ ޝާހިދު ވިދާޅުވި ގޮތުގައި އެހީވުމާއި މެދުގައި ބަހުސްކުރުމުގެ ބަދަލުގައި އެހީތެރިވާނެ ގޮތްތަކާ ދޭތެރޭ ބަހުސްކުރާ ޖަމާއަތަކަށް އދ. ވުމަށްކަމަށެވެ.

އދގެ 76 ވަނަ ސެޝަންގެ ބަހުސް ފެށިގެން ކުރިއަށްދާއިރު، ދުނިޔޭގައި ހުރި ބޮޑެތި މައްސަލަތަކަށް މިބަހުސްގައި ދުނިޔޭގައި ވެރިން ވާހަކަފުޅުދައްކަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން