އަހުމަދު މަސްނޫމް   22 ސެޕްޓެމްބަރު 2021 - 14:17
އދގެ ނިޒާމު ބަދަލުކޮށް، އެ ޖަމުއިއްޔާ އިސްލާހުކުރަންޖެހޭކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ ކުރީގެ މުޝީރު އަދި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އދ އުފެދުނީއްސުރެ މިއަދާއި ހަމައަށް ފަލަސްތީނުގެ އެތައް ހައްގެއް ވަނީ ގެއްލިފައިކަމަށެވެ. އަދި އެކަންކަމާއިމެދު އދ.އިން ކުރެވުނުކަމެއް ނެތްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްރާއިލުން ދަނީ ބިންތައް ހިފަމުން ފުޅާކުރަމުންކަމަށާއި، ނަމަވެސް އިސްރާއީލުގެ އަމަލުތަކާއިމެދު އދއިން ކުރެވޭކަމެއް ނޯންނަކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން އދ.ގެ ނިޒާމު ބަދަލުކޮށް، އެޖަމުއިއްޔާ އިސްލާހުކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ވާހަކައަކީ ކޮންމެ އަހަރަކު އެއް ފަހަރު އދގައި އޮންނަ ފާތިހާއެއްކަމަށާއި، އެ ފާތިހާ ކިޔަވާތާ 76 އަހަރު ވެއްޖެކަމަށެވެ. އަދި ފަލަސްތީނު މިނިވަން ކުރެވޭނީ އިސްލާމީ އުއްމަތުގައި، އިސްލާމް ދީން ދެކެ ލޯބިވާ، އިސްލާމީ އުއްމަތުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރާ ވަރުގަދަ ޒައާމަތެއް އުފެދިގެންކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



މިމޭރުމުން ޑރ. ޝަހީމު ވާހަކަދައްކަވާފައި ވާއިރު ޝަހީމް އެޖަމާއަތެއްގައި އިސްދައުރެއް އަދާކުރެއްވި އިސްލާމި ބޮޑެތި ގަައުމުތައް ތަމްސީލްކުރާ އޯއައިސީއަށް ވެސް ޝަހީމް އެފާހަގަކުރެއްވި ފަދަ މަސައްކަތްތަކެއް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވިފައި ނުވާކަން ފާހަގަކޮށްލެއެވެ.

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ބަހުސް ފަށާފައިވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތަޤްރީރުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިގަތުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ދިވެހިން އަބަދުވެސް ތިބޭނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން