ދ. ކުޑަހުވަދޫ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އާރުޑީސީއާ ހަވާލުކޮށްފިއެވެ.

މި ކަމާއި ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗާއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދެވެ.

ކުޑަހުވަދޫ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުގައި ތަރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި މަގުބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުއަކީ ދަޢުލަތުގެ ބަޖެޓުން 122 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1 އަހަރާއި 80 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.



ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުއަކީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

ކުޑަހުވަދޫގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާއިރު 2013 ވަނަ އަހަރާއި 2015 ވަނަ އަހަރުގައިވެސް ވަނީ މަގުހެދުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 2015 ވަނަ އަހަރުގައިވެސް 13 މަގެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން