ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ރާއްޖޭގެ ކުޑަކުދިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުވި ސިޓީތައް އ.ދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.
މި ސިޓީތައް އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެރުވުން އޮތީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާއްމު މަޖިލީހުގެ ސެޝަންގެ ހަވާސާގައެވެ.
އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންވެސް ރައީސް ސާލިހް ވަނީ ރާއްޖޭގެ ކުޑަކުދިން ފޮނުވި އެ ސިޓީތަކަށް އިޝާރާތްކުރައްވާފައެވެ.
"މިއީ މި ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ޙަޔާތުގެ އުންމީދުތައް ފުރިހަމަކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މި އަޑުއަހަންޖެހޭ." ރައީސް ސާލިހު ވިދާޅުވިއެވެ.
ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރާ އެންމެ މުހިއްމު މައްސަލައަށްވާއިރު، މިހާތަނަށް އައިއިރު ދުނިޔޭގެ ބޮޑު ސަމާލުކަމެއް ރާއްޖެއަށް ވަނީ ލިިބިފައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ކުރިއެރުމެއް މިކަންކަމުގައި ނުލިބޭކަމަށް އަދިވެސް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

“If we don’t work together to stop the earth getting hotter…it will be too late” Ziyan Saudulla, Uligamu Island, 11 years
— UN GA President (@UN_PGA) September 22, 2021
Excerpt from one of the letters the #Maldives President H.E. @ibusolih handed over to me, written by children across the country#PresidencyOfHope #UNGA76 pic.twitter.com/dUN7kGyeJy
އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންވެސް ރައީސް ސާލިހް ވަނީ ރާއްޖޭގެ ކުޑަކުދިން ފޮނުވި އެ ސިޓީތަކަށް އިޝާރާތްކުރައްވާފައެވެ.
"މިއީ މި ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ޙަޔާތުގެ އުންމީދުތައް ފުރިހަމަކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މި އަޑުއަހަންޖެހޭ." ރައީސް ސާލިހު ވިދާޅުވިއެވެ.
ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރާ އެންމެ މުހިއްމު މައްސަލައަށްވާއިރު، މިހާތަނަށް އައިއިރު ދުނިޔޭގެ ބޮޑު ސަމާލުކަމެއް ރާއްޖެއަށް ވަނީ ލިިބިފައެވެ. ނަމަވެސް އެންމެ އެކަށީގެންވާ ކުރިއެރުމެއް މިކަންކަމުގައި ނުލިބޭކަމަށް އަދިވެސް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

KSA
ކިޔުންތެރިންގެ ހިޔާލު