މަސްދަރު ހާމަކުރުމަކީ ދިމިޤްރާތީ ވެށީގައި ޢަމަލުކުރާ ގޮތެއް ނޫން ކަމަށް އެޑިޓަރސް ގިލްޑުން ބުނެފިއެވެ.
އެޑިޓަރސް ގިލްޑުން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ, މިހާރު ރާއްޖޭގައި އޮތް ހެއްކާބެހޭ ގާނޫނަށް، ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ސަރުކާރުން ހުށަހަޅާފައި އިސްލާހާ ގުޅިގެން އެ ޖަމްއިއްޔާއިން ކަންބޮޑުވާ ކަމަށެވެ.
އަދި ރާއްޖޭގެ ދިމިޤްރާތީ ވެށީގެ ޅަ ކަމާއި، ފަނޑިޔާރު ގެތަކަށް އެކި ނުފޫޒު އޮންނަ ކަމަށް ތުހުމަތު ކުރެވޭ މާހައުލެއްގައި، ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އިސްލާހު ކުރުމުގެ ނަތީޖައަކަށް ވާނީ މިނިވަން ނޫސްވެރިކަން ނެތިދިއުން ކަމަށް އެޑިޓަރސް ގިލްޑުން ވަނީ ބުނެފައެވެ.
"އަދި ބައިނަލްއަގުވާމީ ހަމަތަކާއި އާންމު ގަބޫލު ކުރުންތަކުގައިވެސް މަސްދަރު ނުވަތަ ސޯސް ހާމަ ކުރުމަކީ ދިމިޤްރާތީ ވެށީގައި އަމަލު ކުރާ ގޮތް ކަމަށް ނުވާއިރު މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުވުމުގެ ނަތީޖައަކަށް ވާނީ، ކޮރަޕްޝަނާއި ފަސާދައާއި އެނޫންވެސް އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހި ބިރުވެރިކަމެއްގެ ތެރެއަށް ދިއުމެވެ." އެޑިޓަރސް ގިލްޑުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޑިޓަރސް ގިލްޑުން ބުނީ, ރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް މެ ލިބިގެންވާ ކަމަށާއި ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތް އިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް މުތުލަގަށް ބުނެފައިވާ ކަމަށެވެ.
އަދި ދާދި ފަހުން ހެދި ވިސްލްބޮލޯވާ ގާނޫނުގެ މަފްހޫމަކީ ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް ވާއިރު، އެއާ ދިމާ އިދިކޮޅަށް ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ނުވަތަ ސަރުކާރުގެ އިންޓެންޝަކީ ކޮބައިކަން ސާފު ނުވާކަމަށްވެސް ދިވެހި އެޑިޓަރުންގެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެޑިޓަރސް ގިލްޑުން ވަނީ ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އެ އިސްލާހު ވަގުތުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު