ދިވެހިރާއްޖެ ފުރިހަމަ ޑިމޮކްރަސީ އަކަށް ބަދަލުވެގެން އައުމާއެކު އަތޮޅުތަކުގެ މަސައްކަތްތައް ލާމަރުކަޒު ނިޒާމުގެ ދަށުން ހިންގަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރު ވެރިކަން ކުރާ ޕާޓީގެ އެންމެ އަސާސީ މަގުސަދަކީވެސް ލާމަރުކަޒުގެ ފުރިހަމަ ނިޒާމެއް މުޅި ރާއްޖެއަށް ގެނައުމެވެ. އެގޮތުން "ލާމަރުކަޒު ރާއްޖެ" ސްލޯގަންއެއްގެ ދަށުން ދިވެހިންނަށް ތިލަކުރަމުން އައި މިނިޒާމަކީ ހަގީގަތުގައިވެސް ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ހިންގޭނެ މުހިއްމު ނިޒާމެއް ކަމަށް ދިވެހިން ބަލައިގަތެވެ. އަދި ރައްޔިތުން އެކަން ގަބޫލު ކުރީ ފޮނި އުއްމީދު ތަކާއި އެކުގައެވެ.
މިމުހިއްމު ނިޒާމު އެންމެ ބޭނުން ޖެހުނު ވަގުތު މުޅި ނިޒާމު ޚަރާބުކޮށްލީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މުޅި ނިޒާމު ފުނޑު ފުނޑު ކޮށް، ބާރުތަށް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައީއެވެ. އޭރު މައިސަރުކާރުން ބުނަމުން ދިޔައީ ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ދިނުމަށް ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ފޯރުކޮށް ދިނުމަށެވެ.
ނަމަވެސް 2018 ގައި ވެރިކަން ބަދަލުވެ މިހާރު ވެރިކަން ކުރާ ޕާޓީ ސަރުކާރާއި ޙަވާލުވުމާއި އެކު ލާމަރުކަޒުގެ ފުރިހަމަ ބާރު ކައުންސިލަތަކަށް އަނބުރާ ފޯރުކޮށް ދިނެވެ. ރައްޔިތުން މިކަމާއި ވަރަށް ހިތްހަމަ ޖެހުނެވެ. ނަމަވެސް ލާމަރުކަޒު ހިންގުމުގެ ނިޒާމުން ރައްޔިތުންނަށް މާބޮޑު ފަސޭހަތަކެއް ލިބިގެން ނުދިޔަ ކަމަށް ބުނަންފެށިއެވެ. ރަށްރަށުގައި ވަސީލަތެއް ނެތީއެވެ.
ކޮވިޑް-19 ގެ ވަބާއީ ބަލި ރާއްޖެއަށް އައުމާއެކު މުޖުތަމައު އެންމެހާ ރައްޔިތުން ސިއްޙީ ގޮތުން ސަލާމަތް ކުރުމަށް ކައުންސިލް ތަކުން ތަފާތު ބަޔާންތައް ނެރެ ކަންކަން ތަރުތީބު ކުރަމުން ދިޔައެވެ. ޓާސްކް ފޯސްއެއް އެކުލަވާލާ ރޭވުން ތެރިކަމާއި އެކުގައި ކަމަށް އެބޭފުޅުން ދަނީ މިހާރުވެސް ވިދާޅުވަމުންނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއްކަންކަން އެޗްޕީއޭގެ މިންގަޑަށް ނުފެތޭވާހަކަ ވިދާޅުވިޔަސް ކައުންސިލް ތަކުން މަސައްކަތް ކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ބައެއް ކައުންސިލް ތަކުން ފިޔަވަޅު ވަރުގަދަ ކުރިއެވެ.
ނަމަވެސް ލާމަރުޒުގެ މިނިޒާމު ކޮވިޑް-19 ވަބާއީ ބައްޔާއި ގުޅިގެން މުޅިން އެހެން ހަރުފަތަކަށް މިހާރު ބަދަލު ވެއްޖެއެވެ. ލާމަރުކަޒު މެކުހަށް ޖަހާލައިފި އެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންނާއި ހިތާމަވެރި ކަންކަމާވެސް ކުރިމަތިލާން އެބަޖެހެއެވެ. މީގެ ތެރެއިން އެންމެ ހިތާމަވެރިކަމަކީ މިހިނގާ މެއި މަހުގެ 12 ވަނަ ދުވަހަ އއ. ތޮއްޑޫގައި މެދުވެރި ހިތާމަވެރި ހާދިސާއެވެ. ފަރުވާ ހޯދަން ރަށުން ބޭރަށް ދެވޭނެ ގޮތެއް ނުލިބުނު ބަލިވެއިން އަންހެންމީހާގެ ދަރިފުޅު ނުވިހަނީސް ބަނޑަށް މަރުވި ހިތާމަމެރި ހާދިސާއެވެ.
ލާމަރުކަޒުގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމުގެ ނަތީޖާއަކީ ބަލިވެއިން އަންހެންމީހާގެ ބަނޑަށް ދަރިފުޅު މަރުވުމެވެ. މާނައަކީ ލޯކަލް ގަވާންމެންޓްގެ ބާރު ގަދަކަން ފެނިގެން ދިއުމެވެ. މިކަން ހިނގިގޮތް ބަލާލަމާ ހިނގާށެވެ. ތޮއްޑޫގެ ހުންނަނީ ސިއްޙީ މަރުކަޒަކެވެ. އެތަނަކުން ސްކޭން ކުރެވޭނެ ގޮތެއް ނެތެވެ. ދެން މިޖެހިނީ އެންމެ ކައިރީގަ ހުންނަ ހޮސްޕީޓަލަކަށް ދާށެވެ. އެއީ ރަސްދޫއެވެ. އެހެނަސް ލާމަރުކަޒުގެ ދަށުން އެރަށު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެރަށުން އެހީތެރިކަމެއް ފޯރުކޮށްދޭން އެރަށު ހޮސްޕިޓަލުން އިންކާރު ކުރިއެވެ. ހޮސްޕިޓަލުން ވިދާޅުވަނީ ރިސްކްބޮޑް ކޭހެއް ވުމުން ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މާލެ ދިއުމަށް އިރުޝާދު ދިނީކަމަށެވެ.
އަންހެން މީހާގެ ފަރުވާ އަށް ރަށުން ފުރުމުގެ ހުއްދަ ތޮއްޓޫގެ ޓާސްކް ފޯހުން ދިނެވެ. އަދި އެކަމަށް އާސަންދަ ވެސް ހަމަޖެހުނު ކަމަށް އާއިލާއިން ބުނެއެވެ. ހުރިހާ ކަމެއް ބްލޮކްވެގެން ދިޔައީ ރަސްދޫއިން އެޅި ލާމަރުކަޒުގެ ފިޔަވަޅުންނެވެ. ހިތާމަ ހުރި ކަމަކެވެ. މިކަމާއި ގުޅިން ތޮއްޑޫގައި ބަނޑަށް ދަރިފުޅު މަރުވި މާބަނޑު މީހާ މާލެ އައުމަށް އެންއީއޯސީން ދޭންޖެހޭ ހުއްދަ 15 މިނެޓް ތެރޭގައި ދީފައިވާކަމަށް އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.
އެހެން ކަމަށްވާނަމަ މިކަމުގެ ހަގީގަތަކީ ކޮބައި ތޯއެވެ. ލާމަރުޒުގެ ދަށުން ގައުމު ހިންގަން ވަކި ވަކި ސަރުކާރު މިއުފެދުނީ ހަމަ ކޮވިޑް-19 ވަބާއީ ބަލީގެ ސަބަބުން ހެއްޔެވެ. ލާމަރުކަޒު ކުރުމަށް މަސައްކަތް މިކުރަނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތަކަށް އެމީހުން ބޭނުންވާ ޚިދުމަތް ނުލިބިއެވެ. އެއްސަރުކާރުން އަނެއް ސަރުކާރަކަށް އެހީތެރި ކަމެއް ފޯރުކޮށެއް ނުދެއެވެ. މައިސަރުކާރުގެ ޚިދުމަތެއް ހޯދަން ނަގަންޖެހޭ ހުއްދަ ނުލިބި އެތަކެއް ވަގުތެއް ފާއިތުވެ، ހިތާމަވެރި ހާދިސާއެއް މެދުވެރި ވީއެވެ. ގައުމުގެ ޙާލަތަށް ބެލުމެއް ނެތި ކޮންމެ ކައުންސިލަކުން ވަކި ސަރުކާރު ހަދަން ބާރު އޮތީމަ އެކަން ތަންފީޒު ކުރުމުން ހިތްދަތި ކަމާއި ހުރިހާ ދެރެއެއް މިލިބެނީ ނިކަމެތި ދިވެހި ރައްޔިތު މީހާއަށެވެ. ދެން މިކަންވެސް ގުޅުވާލަންވީ ކޮވިޑާއެވެ. ކޮވިޑް މީބޮޑުވެއްޖެ ކަމެކޭ އެބަ ހިތައްއަރައެވެ.
ދިވެހި ރައްޔިތުންނަށް މިފަދަ ޙާލެއްގައި އުޅުމަށް ލާމަރުކަޒުކޮށް އަމިއްލަ ސަރުކާރު ހިންގަން ޖެހޭނީ އެފަދަ ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމުވެ ހުރެގެންނެވެ. މާބަނޑު މީހަކަށް ހިދުމަތް ނުލިބި، އެންމެ ކައިރީގަ ހުރި ހޮސްޕިޓަލަށް ގެންދަން ހުއްދަ ނުލިބި، ވެރިކަން ކުރާ މައިސަރުކާރު، މާލެއަށް ގެންދަން ހުއްދަ ނުލިބި ބަނޑުގައި އޮތް ދަރިފުޅު ބަނޑަށް މަރުވީ އެކިއެކި ސަރުކާރު އުފެދިގެން ނޫންތޯއެވެ. ކޮވިޑާއި ގުޅިގެން ލާމަރުކަޒު މެކުހަށް ޖެހިއިރު ސަރުކާރު ތަކުން ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށެއް ނުދެވުނެއް ނޫންތޯއެވެ. އެހެނަސް ބާރު ބޭނުމެވެ. ބާރު ލިބި އޭގެ ބޭނުންވެސް ހިފީއެވެ. ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތެއް ދެވޭނެ ގޮތެއް ނެތެވެ. ދެން މިކަމާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކުން މައްސަލަ ބައްލަވާނެއެވެ. ރިޕޯޓްވެސް ނެރޭނެއެވެ. އެހެނަސް އަށްމަހުގައި ވިހޭ ދަރިފުޅު ވިހޭއިރު އޮތީ މަރުވެފައެވެ.
ލޯކަލް ގަވާންމަންޓް ހިންގަން ދިވެހި ރާއްޖެ ތައްޔާރު ވެއްޖެތޯއޭ މިހާރު އެބަހިތައް އަރައެވެ. މިމައްސަލަތަކަށް އެޑްރެސްކޮށް މިނިޒާމު ހަރުދަނާ ކުރުމަކީ މުހިއްމު ކަމެއްކަން މިއެނގުނީ ކޮވިޑުގެ ސަބަބުންނޭ ބުނާކަށް އަޅުގަނޑު ނެތީމެވެ. ކަންކަން ހަރުދަނާ ވުމަކީ ރައްޔިތު މީހާއަށް ލިބޭ ޚިދުމަތްތައް އެންމެ ރަނގަޅަށް ލިބިގެން ދިއުމެވެ. އެޚިދުމަތް ނުލިބޭނަމަ ހަރުދަނާއޭ ބުންޏަސް އެއީ ޖޯކެކެވެ. ކޮވިޑާއި ގުޅިގެން މައިސަރުކާރުން ގާތްގަނޑަކަށް 814 މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްފިއެވެ. މީގެ ބައިކުޅެ ބައެއް ކައުންސިލްތަކަށް މީގެ ކުރިން ޚަރަދު ކުރެވުނު ނަމަ ކަންކަން ރަނގަޅު ނުވާނެ ތޯއެވެ.

ކިޔުންތެރިންގެ ހިޔާލު