ކުރީގެ ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީއަށް ދަގަނޑު ބުރިއަކުން ހަމަލާދިން މައްސަލައިގައި ދައުވާކުރަން ފޮނުވައިފިއެވެ.

މިމައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ އަޙްމަދު ޝަމީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ބުނެފައިވަނީ 03 އޮގަސްޓް 2021 ދުވަހު 21:13 އެހައިކަންހާއިއިރު، މަސްޢޫދު ޙިލްމީ ސައިކަލުގައި ލ.ފޮނަދޫ، އަމީނީމަގުން ދުއްވާފައި ދަނިކޮށް ޝަމީމް އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށެވެ.

މިމައްސަލައިގައި ދައުވާކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ. އެއީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދަނގަނޑު ބުރިންް މަސްއޫދު ބޮލުގައި ޖަހަން އެމީހާ މަސައްކަތް ކުރި ނަމަވެސް ހަމަލާ އިން ސަލާމަތްވުމަށް އަތް ނެގުމުން ހަމަލާ އެރީ އަތަށެވެ. މިހާދިސާގައި އޭނާގެ އަތް ފަޅައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދެވިއެވެ. މީގެ ކުރިން މަސްއޫދުގެ ކާރެއްގައި ވެސް ވަނީ ރޯކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން