ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ހުކުމްކުރި ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ ލީކުވި އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކުރާ ތަހުލީލު ބަލައި ނުގަންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް، ފުލުހުންގެ އިސް ބޭފުޅުންނާ އިދިކޮޅު ލީޑަޝިޕްގެ އިސް ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. ފަނޑިޔާރުންގެ އޯޑިއޯ ތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ހުކުމްކުރި ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް ތަހުގީގް ކުރަންޖެެހޭނީ ބޭރު ފަރާތެއްގެ އެހީގައި ކަމަށެވެ.
އަދި އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން އޯޑިއޯތަކުގެ ތަހުގީގު ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަދަ ތަހުގީގެއް އެ ކޯލިޝަނުން ބަލައި ނުގަންނާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އޯޑިއޯތަކުގެ ތަހުގީގު ނުނިމެނީސް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތް ދަށު ކޯޓުތަކާ އެއްކޮޅަށް ނިމިއްޖެ ނަމަ، އަދި ފަނޑިޔާރުންގެ އޯޑިއޯތަކުގެ ސައްހަކަން އޭގެ ފަހުން ކަށަވަރު ވެއްޖެ ނަމަ އެއީ ރައީސް ޔާމީނަށް އިތުރަށް ލިބޭ ބޭއިންސާފަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ބޭރު ފަރާތެއްގެ އެހީގައި ފޮރެންސިކް ތަހުގީގެއްކޮށް، އެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އިދިކޮޅުގެ ކޯލިޝަންގައި ހުރި ކަންބޮޑުވުންތަކާއި އެ އޯޑިއޯތައް ބޭރުގެ ބައިނަލް އަގުއާމީ ތަހުލީލު ކުރުމުގެ ގާބިލްކަން ހުރި ފަރާތެއް މެދުވެރިކޮށް ތަހުގީގް ކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު ވަނީ ދެއްވާފައެެވެ.
އަބުދުއްރަހީމް ވިދާޅުވީ އަމިއްލަ ފަރާތެއްގެ އެހީގައި މިހާރު ކުރަމުންދާ ތަހުގީގު ތިން ދުވަހާއި ފަސް ދުވަހާ ދޭތެރޭގައި ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ބޭރު ފަރާތެއްގެ އެހީ ހޯދާ ނަމަ ތަހުގީގު ދިގުދެމިގެންދާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅު ލީޑަޝިޕުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ވެސް ބައްދަލުކޮށް ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.
ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ލީކުވެފައިވާ އޯޑިއޯ ތަކުގައި ވާހަކަ ދައްކަވަނީ ހުސައިން ފާއިޒު ރަޝާދާއި އަލީ އާދަމާއި މުހައްމަދު ސަމީރެވެ. ފުލުހުން ވަނީ އެ ތިން ފަނޑިޔާރުންގެ ރުހުމުގައި އެ ބޭފުޅުންގެ އަޑުގެ ސާމްޕަލް ނަގައިފަ އެވެ.
ތިން ފަނޑިޔާރުން ވެސް ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލު ކުރުމުން، އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ނަމަވެސް އެބޭފުޅުން އެކަން ދޮގުކުރެއްވި ކަމެއް އަމިއްލަފުޅަށް އަދި ވިދާޅެއް ނުވެއެވެ. ލީކުވި އޯޑިއޯތަކުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރި ނަމަވެސް އަލީ ޒާހިރާ ސަރުކާރުން ވެސް ވަނީ އެކަން ދޮގުކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު