ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމަށް މަޖިލީހުގެ އިދާރާއިން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް ނިއުޝާގެ ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
މަޖިލީހުގެ މެންބަރުން އެދިއްޖެ ހާލަތެއްގައި ސިފައިންގެ ސެކިއުރިޓީ އެ މެންބަރުންނަށް ދޭންޖެހެއެވެ.
ޖާބިރަށް ސެކިއުރިޓީ ދޭން މަޖިލީހުން އެދިފައިމިވަނީ އޭނާ އއ. މަތިވެރިއަށް ވަޑައިގަތުމުން ބަޔަކު ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލައިގައި ފުލުހުން މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމައްސަލައިގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އޭނާއާއި ދެކޮޅަށް ރައްޔިތުން ވަނީ އަޑުއުފުލާފަ އެވެ. އަދި ޖާބިރު އެ ރަށުން ފޭބުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވާއިރު ހަމަނުޖެހުގެ ތެރެއިން ބަޔަކު ޖާބިރަށް ހަމަލާ ދިނުމާއި ގުޅިގެން އޭނާ ވަނީ ފުލުހުންގެ ހިމާޔަތްވެސް ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު