ތ. ގާދިއްފުށްޓާއި އެ އަތޮޅު ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ތ. ގާދިއްފުށްޓާއި އެ އަތޮޅު ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ބުރުންޏާއި ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 28 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 269 މީޓަރުގެ ބްރޭކްވޯޓަރތަކާއި، 220 މީޓަރުގެ ރިވެޓްމަންޓް ގާއިމްކުރުމާއި ބީޗް ރިޕްލެނިޝް ކުރުމުގެ މަސައްްކަތް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްވެސް އެމްޓީސީސީއާއެކު އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކޮށްފައެެވެ. 180 ދުވަހުގެ ތެރޭގައި ނިއްމާގޮތަށް ހަވާލު ކުރި މި މަޝްރޫއުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު