ކޮވިޑް-19 ވެކްސިންގެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ, އެޗްޕީއޭއިން ތައާރަފްކޮށްފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރި ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ނެރެފައިވަނީ "ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު"ގެ ނަމުގައެވެ. އެޗްޕީއޭ އިން ބުނީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ޕާސްޕޯޓެއްކަމަށެވެ. އެ ޕާސްޕޯޓް ދޫކުރުމަށް ކޮވިޑް ސޭފް.ގަވް.އެމްވީ އޮންލައިން ޕޯޓަލް އެއް މިހާރު ވަނީ ގާއިމްކޮށްފައެވެ.
މި ވެކްސިން ޕާސްޕޯޓުން އެ މީހަކު ވެކްސިން ފުރިހަަމަކޮށްފައިވާކަން އެނގިގެންދާއިރު ފުރިހަމަކޮށްފައިވާ ވެކްސިންގެ މައުލޫމާތު ވެސް ފެންނަން ހުންނާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ އިތުުރުން ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހައިފައިވާނަމަ އެ މައުލޫމާތު ވެސް ޕާސްޕޯޓުގައި ހިމަނާފައި ހުންނާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
ވެެކްސިން ޕާސްޕޯޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެހެން ގައުމުތަކުން ލިޔުން ދޫކުރި ފަރާތާއި ސޮއިކޮށްފައިވާ ފަރާތް ވެރިފައިކުރާނެކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ބޭނުންކުރެވޭނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައާއި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އިތުރުން އާންމު ތަންތަނުގައި އުޅޭއިރު ވެކްސިން ފުރިހަމަކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ބުނީ މި ޕާސްޕޯޓުގެ ސަބަބުން ބޭރު ގައުމުތަކަށް އެތެރެވެ އެ ގައުމުތަކުން ހިދުމަތް ހޯދުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ. ވެކްސިން ޑިޖިޓަލް ޕާސްޕޯޓަކީ ވެކްސިން ފުރިހަަމަކުރާ ފަރާތްތަކަށް ދޫކުރާ އެއްޗެއް ކަން ފާހަގަކޮށްލެވެއެވެ. ދުނިޔެ ބަލައިގަންނަފަދަ ވެކްސިން ޕާސްޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވަނީ ކޮވިޑް-19 ވެކްސިން ޖެހުމުން ރާއްޖެއިން ދޫކުރާ "ކޮވިޑް-19 ދިފާއު" ވެކްސިން ކާޑުން، ކާޑު ދޫކުރި ގައުމު އެނގެން ނެތުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިނުގަންނަ ކަމުގެ ޝަކުވާތަކެއް އާންމުވެ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު