މި ސަރުކާރުން މަތީ ތައުލީމު ހާސިލް ކުރުމަށް 1500 އަށްވުރެގިނަ ލޯނު ދޫކޮށްފައިވާ ކަމަަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުުރާމެއްގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މި ސަރުކާރުން މަތީތައުލީމު ހާސިލް ކުރުމަށް 1500 އަށް ވުރެ ގިނަ ލޯނު ދޫކޮށްފައިވާ ކަމަށާއި ސަރުކާރުން ލޯނު ތަކަށް އިއުލާން ކުރަނީ އެކަމަށް ބަޖެޓް ކަނޑައަޅައި އެ ފައިސާ ހަމަޖެހުމުން ކަމަށެވެ. މިނިސްޓަރު ވަނީ ލޯން ސްކީމަށް އެދި ހުށައަޅާއިރު ދަރިވަރުން އެކަމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓް ތަކެއް ހުށައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
"މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން 1500 އަށް ވުރެ ގިނަ ލޯނު ދޫކޮށްފިން، ކޮވިޑާ ގުޅިގެން، ލޯނު ލިބުނު ހުރިހާ ފަރާތްތަށް އަދި ކިޔަވަން ނުފަށާ، ބައެއް ފަރާތްތަކަށް ކިޔަވަން ފަށަން ދީފައި މުއްދަތު އެ ފަރާތްތަކުގެ އެދުމުގެ މަތިން ތަންކޮޅެއް ދިގު ވެސް ކޮށްދީފިން ހާލަތު ނިޔާކުރާ ގޮތުން. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް ހުރިހާ ދަރިވަރުން ލޯނު ޔުޓިލައިޒްކުރާނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އިންޕެކްޓް އަންނަނީ ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން ގަނޑުކޮށް މީހުން ތަމްރީން ކުރުމުން ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށް މީހުން ތަމްރީން ކުރުމަކީ ސަރުކާރުން ވަރަށް ބޮޑުއިސްކަމެއް ދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް 108 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލެވިފައިވާކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެެވެ. އެގޮތުން ލާނިން ޑިސެބިލިޓީ ދާއިރާއިން 46 ސްކޮލަރޝިޕް އިއުލާން ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެއީ ކްލިނިކަލް ސައިކޮލޮޖީން 10 ފުރުސަތު، އެޑިކްޝަން މެނޭޖްމެންޓްގެ ދާއިރާއިން 5 ފުރުސަތު، މެންޓަލް ހެލްތްގެ ނާސިންގ ދާއިރާއިން 11 ފުރުސަތު، ސައިކޭޓްރިކް ދާއިރާއިން 2 ފުރުސަތު، ސައިކޯތެރަޕީގެ ދާއިރާއިން 10 ފުރުސަތު އަދި މާސްޓަރސް ލާނިން ޑިސެބިލިޓީ ދާއިރާއިން 8 ފުރުސަތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާސްޓާސް ފެންވަރުގެ މި ސްކޮލަރޝިޕް ތަކަށް މިމަހުގެ 30 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު