އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަކީ ދިވެހި ގައުމާއި އެމްޑީޕީއަށް އޮތް ނުރައްކަލެއް ކަމަށް އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ އިންތިޚާބުގައި ތާއިދުކުރައްވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށް ޕާޓީގެ ރައީސް، މުހަންމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުން ހޮވަން މަސައްކަތް ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރައްވައި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިބްރާހިމް އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ވޯޓްދިނުމަކީ ގައުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެއީ އެމްޑީޕީއަށް ހުރި ނުރައްކަލެއް ކަމަށް އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާ ވިދާޅުވިއެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ނިއްމާފައެވެ. މާދަމާ އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރިން 165 ކެންޑިޑޭޓަކު އިންތިޚާބަކާއިި ނުލައި ހޮވިފައިވާކަން އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ. އެބޭފުޅުން އިންތިޚާބުވީ އެދާއިރާތަކަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުންނެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި 92،743 މީހުންނަށް ވޯޓް ދިނުމުގެ ހައްގު ލިބިގެންވަ ކަމަށް އެޕާޓީން ބުނެއެވެ. މިފަހަރުގެ އިންތިހާބު ވާދަވެރިވެ ލީޑަޝިޕްގެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އިންތިޚާބަށް ކެންޑިޑޭޓުންވެސް ނެރެފައިވަނީ ދެ ލީޑަރުންނަށް ތާއީދު ކުރައްވާ ބޭފުޅުން ދެ ފެކްޝަނެއްގެ ގޮތުގައި ވަކިންނެވެ. މާދަމާގެ އިންތިޚާބަކީ އެމްޑީޕީއަށް އަންނާނެ އެންމެ ވާދަވެރި އިންތިޚާބު ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ އިސް ފަރާތްތަކުގެ ތެރެއިން ޗެއާޕާސަން ބަރުލަމާނީ ލޯގޯ ޖައްސަވައިގެން ހުންނަވާތީ ހުންނަވަނީ ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން