މީހުން ބިނާކުރުމަށް، ބައެއް ކުންފުނިތަކުންނާއި، ދިވެހި ސަރުކާރުން މަތީ ތައުލީމާއި ތަމްރީނަށް ކުރާ ހޭދަ އިތުރުވަމުން ދިއުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށް ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރި ދަރިވަރުންގެ 2021 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ މަތީތަޢުލީމާއި ތަމްރީނަށް ގިނަ ގުނަ ހޭދަތަކެއް ކުރަށްވަމުން ގެންދަވާ ގާސިމް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖެ ކުރިއެރުވުމަށްޓަކައި މީހުން ބިނާ ކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައު އަކާއި، އުފާފާގަތި އާއިލާތަކެއް ބިނާކުރުމަށާއި، މުއައްސަސާތަކާއި ވިޔަފާރިތައް ކުރިއަރުވަން އެދޭނަމަ، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް އިތުރުކުރަންވީ މީހުން ބިނާކުރުމަށް ކުރާ ހޭދަ ކަމަށް ގާސިމް ވިދާޅުވިއެވެ. ދިވެހި ގައުމު ކުރިއެރުވުމަށްޓަކައި މީހުން ބިނާކުރުމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި، އޭގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިތުރަށް ވިދާޅުވި މީހުން ބިނާކުރުމަށް ކުރަމުން ގެންދަވާ މަސައްކަތުން މިހާތަނަށް 13،500 އަށް ވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖުން ތައުލީމު ހާސިލްކޮށް ދަސްވެނިމިފައިވާ ކަަމަށެވެ. ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކަށް ފެތޭގޮތަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނާއެކު، ތަފާތު 8 ދާއިރާއަކުން 117 ޕްރޮގްރާމެއް އުފައްދައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު އެ މުއައްސަސާއިން ފަހިކޮށްދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން ތައުލީމީ، ސިއްހީ، ވިޔަފާރި، ޝަރީއާ އެންޑް ލޯ، ކޮމްޕިއުޓަރ ސައިންސް، ޓުއަރިޒަމް، އިންޖިނިއަރިންގ ފަދަ ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ތަނަވަސްކޮށްދީފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެެވެ. އަދި ރާއްޖެއާއި ޔޫ.އެން އާއި އެފަދަ ބައިނަލްއަގްވާމީ އެކި އެކި ދާއިރާތަކަށް ވިލާ ކޮލެޖުން އިލްމީ ދިރާސާތައް ކޮށްދީފައިވާ ކަމަށާއި، ބައިނަލްއަގްވާމީ ކޮންފަރެންސްތައް އިންތިޒާމްކޮށް ހިންގާ އިލްމީ ޖާނަލްތައް ޝާއިއުކޮށްފައިވާ ކަމަށް ތައުލީމަށް ބޮޑު ހޭދަ އެއްް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.

ވިލާ ކޮލެޖް އުފެއްދެވުމުގެ މާ ކުރިންފެށިގެން ގާސިމް އިބްރާހީމް ގެންދަވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރަށްވައި ރާއްޖޭގެ އެތައް ދަރިންނަކަށް މަތީތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން