ކ-ވ: ވައްޑެ އަދި އަލްޚާން
ކ-ވ: ވައްޑެ އަދި އަލްޚާން
ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަކީ ވަކި ބަޔެއްގެ ތަރިކަ މުދަލެއް ނޫން ކަމަށާއި، އެ ޕާޓީއަށް ބަދަލު އަންނާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަކުރަން އުޅޭ "ބޯވަތަކަށް" ޖާގަ ނުދިނުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ގޮވާލެއްވުމާއި ގުޅިގެންނެވެ. އެކަމަށް އިޝާރަތް ކުރައްވަމުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ އެމްޑީޕީއަކީ ގަބީލާއެއް ނޫން ކަމަށާއި، އެއީ ސިޔާސީ ޕާޓީއެއް ކަމަށެވެ. ބަދަލުވާ ލީޑަރޝިޕަށް ބިރުން "ބޯވައޭ، ފަޅޮލޭ" ކިޔަސް ޕާޓީއަށް ބަދަލު އަންނާނެ ކަމަށް ރާއްޖޭގެ ބޮޑެތި ޕާޓީ ޕާޓީތަކުގެ ކުރީ ސަފުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ އަލްހާން ވިދާޅުވިއެވެ.



"އެމްޑީޕީއަކީ ވަކި ބަޔެއްގެ ތަރިކަ މުދަލެއް ނޫން، މަނިކުފާނު އެންމެ ފުރަތަމަ އުޅުއްވީ ކޮން ޕާޓީއެއްގައިތޯ." ޑީއާރުޕީ، އެމްޑީޕީ ޕީޕިއެމް އަދި ޖުމުހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރެއްވި އަލްހާން ވިދާޅުވިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ ފެށެން ކައިރިވެފައިވަނިކޮށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވީ އެމްޑީޕީ އުފެދުނުތާ 16 އަހަރު ފަހުން އަނެއްކާވެސް "ބިރު ފަހަނައަޅާ ދިޔުމަށް" ގޮވަންޖެހިފައިވާކަމަށެވެ. އަދި ވަޒީފާގެ ބިރު ދައްކައިގެން ވޯޓް ހޯދައި، އެމްޑީޕީގެ މުޅި ފަލްސަފާ ނެތިކޮށްލަން ނުކުމެ އުޅޭ މީހުންނަށް ފާޅުގައި "ނޫނެކޭ" ބުނަންޖެހޭކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. މީގެއިތުރުން އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަކުރަން އުޅޭ "ބޯވަތަކަށް" ޖާގަނުދެއްވުމަށްވެސް ވައްޑެ ވަނީ ގޮވާލައްވާފައެވެ.

ވައްޑެ ވިދާޅުވީ މިވެރިކަން ގެނައުމަށް ވީ އެންމެބޮޑު އަނެއް ވަޢުދަކީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވުންކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ކުންފުނިތަކުގެ ވެރިން ވަރަށް ހުތުރުކޮށް މިބިރު އަލުން އެބަފަތުރާކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި މާދަމާ ނަގާ ވޯޓުގައި އެމްޑީޕީ ސާފުކުރަން ވޯޓުދެއްވުމަށްވެސް ވައްޑެ ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން