މާލޭ ސިޓީއަކީ ކުޅިވަރުތަކަށް މަރުޙަބާ ކިޔާ، ސިޓީއަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޖެޓް ސްކީގައި ރާއްޖެ ވަށާ ބުރެއްޖެހުމަށް ފެށި ދަތުރުގެ ބައިވެރިންނަށް މާލޭ ސިޓީގެ ފަރާތުން މަރުޙަބާ ކިޔުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޑރ. މުއިއްޒު ވިދާޅުވީ ޚާއްޞަގޮތެއްގައި މޫދުކުޅިވަރުވެސް ހިމެނޭގޮތަށް ކުޅިވަރަށް މަރުހަބާކިޔާތަނަކަށް މާލޭ ސިޓީ ހެއްދެވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

މި މަސައްކަތް ކާމިޔާބުކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގައި މިހާރު ކަމާބެހޭ އެސޯސިއޭޝަން ތަކާ އަދި ސަރުކާރުގެ މުވައްސަސާތަކާއެކު ވާހަކަދައްކަވައި މަޝްވަރާކުރައްވާފައިވާނޭކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި  މި މަޝްވަރާތަކުގައިވެސް މޫދުކުޅިވަރުތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމުގައި މިބަލަނީ މިފަދަ ކަންކަމަށް ވީހާވެސް ބޮޑަށް ފުރުޞަތު ހޯދާ ދިނުމަށް. އެގޮތަށް ކައުންސިލްގެ ވިސްނުންހުރީ. އެގޮތުން މާލޭ ސިޓީގެ މާލެ ވިލިމާލެ އަދި ހުޅުމާލެވެސް މީގެ ތެރޭގައި ހިމެނޭނެ." މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ އަމާޒަކީ ވީހާވެސް ބޮޑު ފުރުޞަތެއް މޫދުކުޅިވަރުތަކަށްވެސް އަދި އެހެންކުޅިވަރުތަކަށްވެސް ދެވޭގޮތަށް ކަންކަން ފަހިކޮއްދިނުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޖެޓް ސްކީގައި ރާއްޖެ ވަށާ ބުރެއްޖެހުމަށް ފެށި ދަތުރުގެ ބައިވެރިންނަށް މާލޭ ސިޓީން މަރުހަބާ ވިދާޅުވީ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިންނަށް މަރުހަބާ ދެންނެވުމަށްފަހު، ދަތުރު ޗާޓްގެ ފިލާގައި މާލޭ ސިޓީގެ ފަރާތުން ސޮއިކުރައްވައި ސިޓީ ކައުންސިލްގެ ތައްގަނޑު ޖެއްސެވިއެވެ. އަދި މާލެއަށް ޒިޔާރަތްކުރިކަމުގެ ރަމްޒެއްގެ ގޮތުން މާލޭ ގެ ވެލި، ތޯލާފުޅިއަކަށް އަޅުއްވައި ހަދިޔާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން