އދގެ 76 ވަނަ އާއްމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތަގުރީރު މުޅި ދުނިޔޭގައި ވައިގައި ހިފައިފިކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް ވިދާޅުވީ ‏ޔޫ.އެން. ޖެނެރަލް އެސެމްބްލީގައި ރައީސް ޞާލިޙް ތަޤުރީރުކުރެއްވާތީ އެ އަޑު ފަނޑުކުރަން، އަޑު މަޑުކުރަން ދުއްވި ހުރިހާ ދެބޯގެރި އަދި ބޭއްވި އޮޅުވާލުމުގެ ބުހުތާނު ޕްރެސް ކޮންފަރެންސްތައް ދިޔައީ ތޮޅިއަށްކަމަށެވެ.



މައުސޫމް ވަނީ ރައީސްގެ ތަޤުރީރު މުޅި ދުނިޔޭގައި ވައިގައި ހިފައިފިކަމަށް ވިދާޅުވެ ރައީސް ސާލިހާއި ހާރިޖީ ޓީމަށް ސާބަސް ދެއްވާފައެވެ.



އދގައި ރައީސް ދިވެހި ބަހުން ދެއްވި ތަގުރީރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އެ ތަގުރީރުގައި އެމަނިކުފާނު ވަނީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް އަލި އަޅުއްވާ ލައްވާފައެވެ. މިގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކާއި، ކޯވިޑާއި މޫސުމީ ބަދަލުތަކާއި ޓެރެރިޒަމްގެ މައްސަލަތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުންވެސް ރައީސް ޞާލިހު ވަނީ ތަކުރާރުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން