ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއެމް)ގެ ކުރީގެ އިމާރާތުގައި ހަދަމުން ގެންދިޔަ ފްލޫ ކްލިނިކް މިއަދު ހުޅުވައިފި އެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމަށްޓަކައި އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ އެފްއޭއެމް އިމާރާތުގައި ފްލޫ ކްލިނިކެއް ގާއިމުކޮށް އާދިއްތަ ދުވަހުން ފެށިގެން އެތަނުން ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އެ ކްލިނިކުން ޚިދުމަތްދެމުން ދާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 10:00އަށް ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެެވެ.
މީގެއިތުރުން ކޮންމެ ދުވަހަކުވެސް އެ ކްލިނިކުން ހިދުމަތް ދެމުންދާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. އެހެން ކަމުން އެފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. އަދި ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރެ، ހޮސްޕިޓަލަށް އަތުވެއްޖެ ނަމަ ހޮސްޕިޓަލުން ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ދުވަސް ވަރު ވަރުގަދަ އަރިދަފުސް ރޯގާއެއް މާލެ ސަރަހައްދުގައި ވަރަށް ހަލުއިކަމާއެކު އަންނަނީ ފެތުރެމުންނެެވެ.

ހުން، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތަކަށް ޚާއްސަ ފުލޫ ކްލިނިކެއް ހުޅުވާ ޚިދުމަތް ދިނުން pic.twitter.com/9IwZoxU4vf
— IGMH (@igmhmv) September 25, 2021
މީގެއިތުރުން ކޮންމެ ދުވަހަކުވެސް އެ ކްލިނިކުން ހިދުމަތް ދެމުންދާނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ. އެހެން ކަމުން އެފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، އެ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. އަދި ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރެ، ހޮސްޕިޓަލަށް އަތުވެއްޖެ ނަމަ ހޮސްޕިޓަލުން ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ދުވަސް ވަރު ވަރުގަދަ އަރިދަފުސް ރޯގާއެއް މާލެ ސަރަހައްދުގައި ވަރަށް ހަލުއިކަމާއެކު އަންނަނީ ފެތުރެމުންނެެވެ.
ކިޔުންތެރިންގެ ހިޔާލު