އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމުކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މިމަހުގެ ސަތާރަ ވަނަ ދުވަހު ހިނގި އެ މާރާމާރީ ހިންގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އެއީ 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ. އެ ހާދިސާ ހިނގި ދުވަހު އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޒަހަމުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު