އަހުމަދު މަސްނޫމް   26 ސެޕްޓެމްބަރު 2021 - 2:23
ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑްގައި މިއަދު ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ ށ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއީ ރާއްޖެއިން މި މަހު ނިޔާވި ފަސްވަނަ މީހާއެވެ. މިއަދުގެ މަރާއެކު ރާއްޖޭގެ ކޮވިޑު ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 231 އަކަށް އަރާފައެެވެ. ކޮވިޑްގައި އިއްޔެވެސް މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު