ސަރުކާރުގެ ހަތަރުު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމުގައި ތިއްބެވި، ހުސެއިން އަމްރާއި، މޫސާ އަލި މަނިކާއި މުހައްމަދު ސައީދު އަދި މުހައްމަދު ރިޒްވީވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރައްވައި ގައުމީ މަޖިލީހުން ޖާގަ ހޯއްދަވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ހަތަރު ބޭފުޅުންވެސް އިންތިހާބު ކާމިޔާބުކޮށްފައިވަނީ ބޮޑު އަޣުލަބިއްޔަތުންނެވެ. އެގޮތުންއެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވާދަކުރެއްވީ މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވާދަކުރެއްވީ ގައްދޫ ދާއިރާގެ ރައީސް ކަމަށެވެ. ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވާދަކުރެއްވީ ބިލެތްދޫ ދާއިރާގެ ރައީސް ކަމަށެވެ. ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށެވެ. މިހާތަނަށް އިއުލާން ކުރި ނަތީޖާތައް ދައްކާގޮތުން އެ ހުރިހާ ބޭފުޅުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައި ދާއިރާތަކުގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ފެކްޝަނަށް ތާއިދު ކުރާ ގިނަ ބޭފުޅުން ވަނީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. އޭގެ ތެރޭގައި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ހިމެނިވަޑައިގަންނަވައެވެ. މިހާތަނަށް އާންމުކުރި ނަތީޖާތަކަށް ބަލާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބިވަޑައިގަންނަވަނީ ރައީސް ސޯލިހަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9.00 އިން ފެށިގެން 5.00 އާ ހަމައަށެވެ. މާލޭގައި ވޯޓުލުމަށް 15 ސުކޫލާއި ސޯޝަލް ސެންޓަރުގައި އިންތިޚާބީ މަރުކަޒުތައް ޤާއިމުކޮށް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
ޤައުމީ މަޖިލީހުގެ 455 މަޤާމަށް 733 ކެނޑިޑޭޓުން ވާދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު