ރާއްޖޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ހުރިހާ ދިވެހި ރައްޔިތުން ޤައުމީ ޓީމަށް ތާއީދުކޮށް އެ ޓީމާއެކު ޤައުމީ ޖޯޝުގައި ތިބުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

އިދިކޮޅު ޕީޕިއެމް-ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުން އަދި އެ ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީންވެސް ޤައުމީ ޓީމަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ކުރި މަސައްކަތް ފާހަގަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލާއި ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ނީގެއިތުރުން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ސާފް މުބާރާތުގައި ރާއްޖެއިން ހޯދާފައިވާފަދަ ފަޚުރުވެރި ކާމިޔާބެއް މި އަހަރުގެ މުބާރާތުގައިވެސް ދިވެހި ޤައުމީ ޓީމަށް ލިބުމަށް ރައީސް ޔާމިން އެދިވަޑައިގަންނަވާ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. އެއާއެކު 3 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ތަށި ހޯދުމަށް ދިވެހި ޤައުމީ ޓީމު ނުކުންނައިރު އެކަމުގައި އެއްބައެއްގެ ގޮތުގައި ހުރިހާ ދިވެހި ރައްޔިތުން ޝާމިލުވެ، ހިތްހަމަނުޖެހުމާއި ޚިޔާލު ތަފާތުވުމާއި ނުތަނަވަސްކަން އެއްފަރާތްކުރުމަށްފހު މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަސް ކަމުގައި ހެދުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރައްވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.ވ

ި ސަރރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ދިވެހި ހުރިހާ ރައްޔިތުން ޤައުމީ ރޫޙާއި ޖޯޝުގައި ޤައުމީ ޓީމަށް ހިތްވަރުދިނުމަށްވެސް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ޤައުމީ ޓީމަށް ހިތްވަރުދިނުމަށް އިދިކޮޅު ޕްރޮގުރެސިވް ކޮންގުރެސް ކޯލިޝަން އިތީ ޤައުމީ ޖޯޝާއި ފޯރީގައި ނުކުތުމަށް ތައްޔާރަށް ކަމުގައިވެސް އެ އިއްތިހާދުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު