އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބަލިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ ނެގި ވޯޓްގެ ވަރަށް ގިނަ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ އިއުލާންކޮށްފައެވެ.

ރައީސްގެ ވަރަށް އަރިސް ބޭފުޅަކު މައުލޫމާތު ދެެއްވިގޮތުގައި އިންތިހާބުގައި ކާމިޔާބު ހޯދި 75 ޕަސެންޓް ކެންޑިޑޭޓުންނަކީ ރަައީސް ސޯލިހުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ ގައުމީމަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ބައެއް ވަޒީރުންނާ ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ބޮޑު ތަފާތަކުން ބައެއް ދާއިރާތަކުން އިންތިޚާބުވެވަޑައިގެންފައެވެ.



އިއްޔެގެ އިންތިޚާބުގެ ނަތީޖާއިން މިހާތަނަށް ރައީސް ޞާލިހުގެ ފަޅިޔަށް 65 ގޮނޑި ކާމިޔާބު ވެފައިވާކަން މިހާތަނަށް އިއުލާން ކުރި ނަތީޖާތަކުން ވަނީ ކަށަވަރުވެފައެވެ. އެގޮނޑި ތަކާއެކު ގައުމީ މަޖިލީހުގައި ރައީސް ޞާލިހު ކޮންޓްރޯލް ކުރައްވާ ގޮނޑީގެ އަދަދު 100 އިން މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ގައުމީމަޖިލީހުގައި ތިބެނީ 141 މެމްބަރުންނެވެ. ގައުމީ މަޖިލީހުގެ 139 ގޮޑީގެ ތެރެއިން 115 މެންބަރުންނަކީ ރައީސް ސޯލިހްގެ މެންބަރުން ކަން ދާދިފަހުން ގައުމީ މަޖިލީހުގައި ނެގި ވޯޓަކުން ވަނީ ހާމަވެފައެވެ.

އިއްޔެ އިންތިހާބުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި މިނިސްޓަރު އިބްރާހިމް އަމީރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ފަދަ ރައީސް ސޯލިހްގެ އެންމެ އަރިސް ބޭފުޅުން ވަނީ ގައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މީގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފާއި ސަރުކާރު ކުންފުނިތަކުގެ 4 މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައި ގައުމީ މަޖިލީހުން ޖާގަ ހޯއްދަވާފައެވެ. އޭގެ ތެރޭގައި އާރުޑީސީގެ އެމްޑީ އާއި އެސްޓީއޯގެ އެމްޑީގެ އިތުރުން ފެނަކަ އެމްޑީ ހިމެނިވަޑައިގަންނަވައެވެ.އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ޝިފާ މުހައްމަދު މާލެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު