އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސްކަމުގެ މަގާމު އަހުމަދު ފައިސަލް (ފައި) ކާމިޔާބުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިޚާބުގައި ފައިސަލް މި އިންތިހާބު ކާމިޔާބުކުރީ މިހާތަނަށް އެ މަގާމުގައި ހުންނެވި އަހުމަދު އަދުހަމްގެ އިތުރުން އަބްދުﷲ ވަސީމާއި އަހުމަދު ޝަރީފާ ވާދަކުރައްވަައި ބޮޑު ތަފާތަކުންނެެވެ. އަދުހަމް ވަނީ ފާއިތުވި ދެ ދައުރުގައި ވެސް އައްޑޫގެ އެމްޑީޕީގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައެވެ. އައްޑޫ އެމްޑީޕީގެ ރައީސްކަން ފައިސަލް ކާމިޔާބު ކުރިއިރު، އޭނާ އަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކޮއްކޮއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ކާމިޔާބު ކުރީ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ތާއިދުކުރާ ކެންޑިޑޭޓުންނެެވެ. އިންތިޚާބުގެ ނަތީޖާތަށް ދައްކާގޮތުން އެމަނިކުފާނު ވަނީ ގައުމީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯއްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު