ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައާ ގުޅޭގޮތުން މީޑިއާއަކުން ފެތުރި ހަބަރަކާއި ގުޅިގެން އޭނާގެ މިބައިން މައާފަށް އެދުމަށް އޭނާ އަމިއްލައަށް އެ މީޑިއާއަށް އަންގަވައިފިއެވެ.
މެމްބަރު އީސަ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވަގުތު ނަމަކަށް ކިޔާ އޮންލައިން ނޫހެއްގައި އޭނާއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ. އެގޮތުން "މޫކޭގެ އެމްޑީ ކަމުގައި އާރްޑީސީ މަސައްކަތްތައް ނުނިމި ދަރަނި ބޭޑުވަނީ" މި ސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ އާޓިކަލެއްގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ހުރިކަން އީސަ ފާހަގަކުރެއްވިއެވެ.
އެގޮތުން އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އުސޫލުތަކާއި ހިލާފަށް ބޮޑު އަގުގައި އާރުޑީސީގެ ޕްރޮޖެކްޓްތަކަށް ތަކެތި ފޯރުކޮށްދޭކަމަށް އެ އާޓިކަލްގައިވާކަމަށް އީސަ ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަމުގައިވެސް، އަދި ހިއްސާވާ ކުންފުންޏެއްގެ ނަމުގައިވެސް މިހާތަނަށް އާރްޑީސީ އާއެކު އެއްވެސް ވިޔަފާރީގެ މުއާމަލާތެއް ހިންގާފައި ނުވާނެކަމަށް އީސަ ވިދާޅުވިއެވެ. އަދި ޕްރޮޕޯސަލެއް، ކޯޓޭޝަނެއް އަދި އެހެން ގޮތަކުންވެސް އާރްޑީސީގެ އެއްވެސް ޕްރޮޖެކްޓެއް، މަސައްކަތެއް ނުވަތަ އޯޑަރެއް ހޯދުމަށްވެސް އެދިފައި ނުވާނެކަމަށް އީސަ ވިދާޅުވިއެވެ.
"އާރުޑީސީގެ ޕްރޮޖެކްޓެއް މަސައްކަތެއް ނުވަތަ އޯޑަރެއް އަޅުގަނޑަށްވެސް އަދި އަޅުގަނޑު ހިއްސާވާ ކުންފުންޏަކަށްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އިސްވެ ބަޔާންކުރެވެނު އާޓިކަލް ލިޔުމުގެ ކުރިން އަޅުގަނޑުގެ ފަރާތުން ނުވަތަ އަޅުގަނޑު ހިއްސާވާ ކުންފުންޏެއްގެ ފަރާތުންވެސް ތިޔަ ނޫހުން މައުލޫމާތު ސާފުކޮށްފައެއް ނުވެއެވެ." އީސަގެ ބަޔާނުގައިވެއެވެ.
އީސަ ވިދާޅުވީ އޭނާއާ ގުޅޭގޮތުން އާޓިކަލް ލިޔެފައިވަނީ ސިޔާސީ ގޮތުން އަދި ޒާތީ ގޮތުން އަގު ވައްޓާލުމަށްކަމަށެވެ. ނޫނީ ދޮގު ޚަބަރު ފަތުރައި، މިކަމާއި ގުޅުވައިގެން ނޫހުން ނުވަތަ ނޫހުގައި މަސްލަހަތު އޮންނަ ފަރާތްތަކަކުން ސިޔާސީ ނުވަތަ ޒާތީ ވަކި މަޤްސަދުތަކެއް ހާސިލް ކުރުމަށް ކަމަށް ގަބޫލުކުރެވޭކަމަށްވެސް އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަނާކުރާ ކަމެއްކަމަށެވެ. އެހެންކަމުން އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރައްދުވާ ގޮތަށް ލިޔެފައިވާ އިބާރާތަކީ ދޮގު އިބާރާތެއްކަމަށް ނޫސް ބަޔާނެއް މެދުވެރިކޮށް އާންމުކޮށް އަންގައި އިއުލާނު ކުރުމަށާއި ލިޔެފައިވާ އާޓިކަލްއާ ގުޅިގެން ނޫހުގެ ފަރާތުން އޭނާގެ ކިބައިން ލިޔުމުން މާފަށް އެދުމަށް އީސަ ވަނީ ދަންނަވާފައެވެ. އަދި އެކަންކަން 27 ސެޕްޓެމްބަރ 2021 ގެ 16:00 ގެ ކުރިން ކޮށް ނިންމައި އޭނާއަށް އެންގުމަށް ވެސް ބަޔާނުގައި ދަންވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު