ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، މާގިނަައިން ފޯނުން ގުޅުއްވާތީ މާލެ ސިޓީގެ އެމްޑީޕީގެ ރައީސް ސިފާ މުހައްމަދަށް ވަރަށްބޮޑަށް އުނދަގޫވެއްޖެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން އިއްޔެ ކުރިއަށްގެންގޮސް ނިންމާލާފައިވާއިރު، ކެމްޕެއިންގެ ތެރެއިން ތަފާތު ކަންކަން ފެނިގެންދިޔައެވެ. މިގޮތުން އެންމެ ބޮޑަށް "ޑްރާމާ" ފެނިގެން ދިޔަ އެއް ދާއިރާއަކީ މާލެ ސިޓީގެ ރައީސްކަމަށް މާދަކުރެއްވި ސިފާ މުހައްމަދާއި އަކްރަމް ކަމާލުއްދީނާ ދެމެދުގައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ވެސް ދެ ބޭފުޅުން ދިޔައީ ޝަކުވާ ކުރައްވަމުންނެވެ. މިގޮތުން ސިފާ ކުރައްވަމުން ދިޔަ އެންމެ ބޮޑު ޝަކުވާއަކީ އެކަމަނާގެ ފޯނަށް މާގިނައިން ބޭފުޅުން ގުޅުއްވަމުން ދިޔަކަމުގެ ޝަކުވާއެވެ. އެގޮތުން އިއްޔެ ހެނދުނުއްސުރެ ޖެއްސުން ކުރުމުގެ ގޮތުން އެކި މީސްމީހުން ގުޅަމުންދިޔަކަމަށާއި، އަދި އެޕާޓްމަންޓްތައް ކުއްޔަށް ދޭނެކަމަށް ބުނެ އޭނާގެ ނަންބަރު ސޯޝަލް މީޑިއާގައި ބަޔަކު އިޝްތިހާރުކުރަމުން ދިޔަކަމަށްވެސް ސިފާ ވިދާޅުވިއެވެ.



މިކަންތައްތައް ބޮޑުވެގެން ގޮސް، ސިފާ އެންމެފަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާއަށް ޖެއްސުންކޮށް އުނދަގޫ ކުރަމުންދިޔައީ އިހަށްދުވަހު ރައްޔިތުން ނުކުމެ ރަށުން ބޭލި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްކަމަށެވެ. އަދި ކުރަންވާ ކަންކަމާއި ނުކުރަންވާނޭ ކަންކަން ޝަރީފަށް އެނގިވަޑައިގަންނަވަންޖެހޭނެ ކަމަށްވެސް ސިފާ ވިދާޅުވިއެވެ. އެހެންކަމުން ޝަރީފް އޭނާއަށް ނުގުޅުމަށް ސިފާ އެދިވަޑައިގަތެވެ.

ސިފާ މުހައްމަދަކީ ހުސްހަށިބައި ވެސް ބޭފުޅަކަށް ނުވާއިރު،

އެފަދަ ވުޅުމަކަށް ވެސް ފުރުސަތު ނެތް އިރު ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެކަމަނާއަށް ގުޅުއްވީ ސީދާ ކީއްވެގެންކަމެއް އަދި ނޭނގެއެވެ. މިކަމާއި ގުޅޭގޮތުން ޝަރީފް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ވަޅޯމަސް

08-Oct-2021

އެއްވެސް މީހަކު އެހެން ކުދިންނަށް އަމާޒުކޮށްގެން އޮށްގާ ނޫކާތި