"ހޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް އަޑިއަށް ދިޔަ ހާދިސާގައި އުމުރުން 41 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.
މިޙާދިސާގައި ޙާލު ސީރިއަސްވި 7 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު, އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. އެއީ ޢުމުރުުން 41 އަހަރުގެ ބޭރު މީހެކެވެ. އެހެންނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަން ސާފުވާގޮތެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ "ހޭންޑީ ކުރޫޒަރ" ނަމަކަށް ކިޔާ ސަފާރީއެއް ކ.ތިލަފުށި ހުޅަނގު ދެކުނުން 4 ނޯޓިކަލް މެއިލު ބޭރުން ދިޔަވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އެ ސަފާރީ އަޑިއަށް ގޮސްފައިވަނީ އެމްއެންޑީއެފުން އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށެވެ.
އެ ޙާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހެނދުނު 8:39 ހާއިރުކަމަށާއި, އެ ސަފާރީން ދަތުރުކުރި 17 މީހުން ކޯސްޓްގާޑުން މިހާރު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ސަފާރީން ދަތުރުކުރި މީހުންގެ ތެރެއިން ޙާލު ސީރިއަސްވި 6 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު