އެމްޑީޕީ ވެރިކަމުގައި އޮވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިނުމަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާނެތޯ ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ސުވާލު އުފައްދަވައިފިއެވެ.
މެމްބަރު އިމްތިޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަން ބަލިކޮށް، ރައީސް ސާލިހުގެ ފެކްޝަނުން ކާމިޔާބު ހޯދާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް ސާލިހުގެ ފެކްޝަނުން އެމްޑީޕީގެ އިންތިހާބު ކާމިޔާބުކޮށްފިކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާއި ގުޅޭގޮތުން އިންތި ވިދާޅުވީ “ވޮލަންޓަރީ އަޅުވެތިވުން" އެއީ ނޫސްވެރިކަން އަޅުވެތިވުމުގެ އެއް ވައްތަރު ކަމަށެވެ. އަދި ކެންޑިޑޭޓުންނާއި ގުޅޭ މައުލޫމާތު ރަނގަޅަށް ނޭނގި ބޭފުޅުން ރުއްސަން އެހާ އަވަހަށް އެއްޗެތި ލިޔުމަކީ ވޮލަންޓަރީ އަޅުވެތިވުމުގެ ބާވަތުގެ ކަމެއްކަމަށް އިންތި ވިދާޅުވިއެވެ.
ވަކި ފެކްޝަނަކަށް ކާމިޔާބު ލިބުނުކަމަށް ބުނެ ވާހަކަ ދައްކަމުންދާއިރު، އެމްޑީޕީ ވެރިކަމުގައި އޮއްވާ ބޮންގޮއްވާލައި، ރައީސް ނަޝީދަށް ހަމަލާ ދިނުމަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާނެތޯ ވިދާޅުވެ އިންތި ވަނީ ސުވާލު އުފައްދަވާފައެވެ.
"ނޫސްވެރިކަން އަޅުވެތިވުމުގެ އެއް ވައްތަރެއް އެއީ “ވޮލަންޓަރީ އަޅުވެތިވުން". ކޮން ކެންޑިޑޭޓަކީ ކޮން ކެންޑިޑޭޓެއްކަން ވެސް ނޭގި ހުރެ، ތިހާ އަވަހަށް ރުއްސަން އެއްޗެތި ލިޔުމަކީ އެބާވަތުގެ ކަމެއް. މި ވެރިކަން އޮއްވާ ބޮންގޮއްވާލައި ރައީސް ނަޝީދު ތޮރުފާލުމަކީ ވެސް ބޮޑު ކާމިޔާބީއެއްބާ؟" އިންތި ވަރަށް ހިތްހަމަޖެހިވަޑައިނުގެން، ރައީސް ޞާލިހުގެ ފެކްޝަނުން އިންތިހާބު ކާމިޔާބުކުރި ކަމަށް ބުނެ ލިޔެފައިވާ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ނިމިފައިވާއިރު، އިންތިހާބުގައި ކާމިޔާބު ލިބުނުކަމަށް ރައީސް ސާލިހާއި ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ބުނަމުންނެވެ. ނަމަވެސް ހަގީގަތުގައި އިންތިހާބުގައި މޮޅުވީ ކޮންބައެއްތޯ އެނގެނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވާދަވެރި ވޯޓަކުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު